ކަޅު ހެދުމުގައި މަސައްކަތަށް ނުކުމެ ކުރާ ޓީޗަރުންގެ އިހުތިޖާޖު ސުލްޙަވެރިނޫން ކަމަށް ސީއެސްސީން ބުނެފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން ނެރުނު ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރަން ނިންމާފައިވާ ހަޅުތާލަކީ، ގާނޫނާއި ގަވާއިދުގެ ތެރެއިން ކުރެވޭ ސުލްހަވެރި ހަޅުތާލެއް ކަމަށް ކަނޑައެޅެން ނެތް ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ނިންމާފައިވާކަމުގެ މައުލޫމާތު މި ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.
އެހެން ކަމުން އިހުތިޖާޖު ކުރުމުގެ ގޮތުން އަންގާރަ ދުވަހު ހަޅުތާލު ކުރާނެކަން ޓީޗާސް އެސޯސިއޭޝަނުން އެ ކޮމިޝަނަށް އަންގާފައިވީ ނަމަވެސް އިހުތިޖާޖު ކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެން ތިބުމާއި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމާއި މިނިވަންކަމާ އެކު ހިޔާލުފާޅުކުރުމުގެ މިނިވަންކަން ގާނޫނު އަސާސީންނާއި ގާނޫނާއި ގަވާއިދުން ލިބިދޭ ހައްގުތަކާއި މިނިވަންކަން ގާނޫނާއި ގަވާއިދާ އެއްގޮތަށް ލިބިގަތުމަށް ސިވިލް ސާވިސް މުވައްޒަފުންނަށް ސިވިލްސާވިސް ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން ސީއެސްސީން ވަނީ ޓީޗާސް އެސޯސިއޭޝަނާއި މިކަމާއި ގުޅުންހުރި އިދާރާތަކުގެ މެދުގައި މަޝްވަރާކޮށްގެން މި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމަށް ވެސް ގޮވާލާފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...