ރާއްޖޭގެ ޚަބަރު ފަލަސްޠީނުގެ އަސީރުންގެ ދުވަސް

ފަލަސްޠީނުގެ އަސީރުންގެ ދުވަސް

ފަލަސްޠީނުގެ އަސީރުންގެ ދުވަސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާދަމާ އަކީ ފަލަސްޠީނުގެ އަސީރުންގެ ދުވަހެވެ. ފުރަތަމަ މި ދުވަސް ފާހަގަ ކުރަންފެށީ 1967 ވަނަ އަހަރުގެ އޭޕްރީލް 17 ވަނަ ދުވަހުއެވެ. އެއީ ޙައްދުފަހަނަ އަޅާފައިވާ އިޒްރާއީލުގެ ޖަލުތަކުގައި ޙައްޔަރު ކުރެވިފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން ފުރަތަމަ އަސީރު މިނިވަން ކުރި ދުވަހުއެވެ. އެދުވަހު މިނިވަން ކުރީ މަޙްމޫދު ބަކުރު ޙިޖާޒީ ކިޔާ ބޭފުޅެކެވެ.

މި އަހަރު މިދުވަސް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރުމުގެ ގޮތުން އެއް މަސް ދުވަހުގެ ޚާއްޞަ ކެމްޕޭންއެއް ހިންގުމަށް ފަލަސްޠިނާއި އަދި ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވާ ޖަމާޢަތްތަކުން ވަނީ ނިންމާފައެވެ. މި ކެމްޕޭނުގެ ނަމަކީ:

" International Campaign of Solidarity with the Palestinian prisoners in Israeli jails"

އަދި މި ކެމްޕޭން ގެ ޝިޢާރަކަށް ހަމަޖައްސާފައިވަނީ:

”A little of your time … mean a lot of their age”

މި ކެމްޕޭނުގައި ފަލަސްތީނާއި އަދި ދުނިޔޭގެ އެކި ތަންތަނުގައި ކުރަން ހަމަ ޖެހިފައިވާ ކަންތައްތަކަކީ، ފަލަސްތީނުގެ ހާލަތު އަންގައިދިނުމުގެ ފޮޓޯ މައުރަޒު ތަކާއި ތަފާތު ދަރުސްތައް ބޭއްވުމާއި އަދި މިނިވަން ވެފައިވާ އަސީރުން ތަފާތު މީޑައާގެ ޕްރޮގްރާމް ތަކުގައި ބައިވެރިވުން ހިމެނެއެވެ.

       ޙައްދުފަހަނަ އަޅާފައިވާ އިޒްރާއީލު މީހުންގެ ޖަލުތަކުގައި ގާތްގަނޑަކަށް 5000 ވުރެ ގިނަ ފަލަސްތީނުގެ އަސީރުން ބަންދު ކޮށްފައި އެބަތިއްބެވެ. އަދި އަސީރުންގެ ތެރޭގައި 1500 އެއްހާ މީހުންނަށްވަނީ ތަފާތު ބަލިތައް ޖެހިފައެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކުން ލިބިދޭ ގިނަގުނަ ޙައްޤުތަކަކުންވެސް ވަނީ މަޙުރޫމު ކުރެވިފައެވެ. އަސީރުންނަށް ލިބެންޖެހޭ ބޭސްފަރުވާގެ ޚިދުމަތާއި އަދި އެބައިމީހުންނާއި ބައްދަލު ކުރުމުގެ މަގުތައް ވަނީ ބަންދުކުރެވިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.