ރާއްޖޭގެ ޚަބަރު ބަހާދަރު ބޯޓުގައި ވިހޭ އަންހެން މީހާއާއި ދަރިފުޅުވެސް ރަނގަޅު: ޕޮލިސް

ބަހާދަރު ބޯޓުގައި ވިހޭ އަންހެން މީހާއާއި ދަރިފުޅުވެސް ރަނގަޅު: ޕޮލިސް

ބަހާދަރު ބޯޓުގައި ވިހޭ އަންހެން މީހާއާއި ދަރިފުޅުވެސް ރަނގަޅު: ޕޮލިސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހދ.ކުޅުދުއްފުށިން ފުރައިގެން މާލެ އައުމަށް ދަތުރުކުރި ހދ.ކުޅުދުއްފުށީ ބަހާދަރު ނަމަކަށް ކިޔާ ބޯޓުގައި ދަތުރުކުރި މާބަނޑު އަންހެނަކު ވިހެއުމާއި ގުޅިގެން އެ ދެމައިން ހޮސްޕިޓަލަށް ގެންދިޔުމަށްޓަކައި ށ.ފުނަދޫ ޕޮލިސް ސްޓޭޝަނުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިރޭ 19:55 ހާއިރު އެ ބޯޓުން ދަތުރުކުރަމުންދިޔަ މާބަނޑު އަންހެނަކު އޭނާގެ ބަނޑުގައި ރިއްސާތީވެ ފުލުހުންގެ އެހީތެރިކަމަށް އެދުމުން ށ. ފުނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ ޓީމަކާއި ފުނަދޫ ސިއްޙީ މަރުކަޒުގެ ޓީމަކާއެކު އެބޯޓަށް ގޮސް އެ ދެމައިން މިހާރު ވަނީ ށ. ފުނަދޫއަށް ގެންގޮސްފައެވެ .
އެދެމައިން މިރޭ 22:00 ހާއިރު ށ. ފުނަދޫ ސިއްޙީ މަރުކަޒަށް ގެންދެވި ފަރުވާދެމުންދާއިރު އެ ދެމައިންގެ ހާލު ރަގަޅުކަމަށް ފުނަދޫ ސިއްޙީ މަރުކަޒުން އެ ދެމައިން ބެއްލެވި ޑޮކްޓަރު ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.