ރާއްޖޭގެ ޚަބަރު ހުޅުމާލޭގައި ސައިކަލަކާ ވޭނެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ސައިކަލަކާ ވޭނެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ސައިކަލަކާ ވޭނެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހުޅުމާލޭގައި ސައިކަލަކާ ވޭނެއް ޖެހި ހިނގި އެކްސިޑެނއްޓެއްގައި ޒުވާނަކަށް ޒަޚަމްތަކެއް ލިބިއްޖެއެވެ.
2014 ފެބްރުއަރީ 18 ވަނަދުވަހުގެ 23:10 ހާއިރު ހިނގި މި އެކްސިޑެންޓުގައި ޒަޚަމްވެފައިވަނީ ޢުމުރުން 22 އަހަރުގެ ޒުވާނަކެވެ.
އެނގިފައިވާ ގޮތުން މި ޒުވާނާގެ ފަލަ މަސްގަނޑުން ބޮޑުތަނެއް ޒަޚަމް ވެފައިވާ ކަމަށާއި އޭނަޔަކީ އެކްސިޑެންޓުވި ސައިކަލް ދުއްވަން އިން ޒުވާނާކަމަށް މަޢުލޫމާތު ވަނީ ލިބިފައެވެ..
އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ އަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.
މި އެކްސިޑެންޓުގައި ވޭން ދުއްވަން އިން ޑަރައިވަރު އަދި ސައިކަލުގެ ފަހަތުގައި އިން މީހާއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މި އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބު ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤުކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.