ރާއްޖެ އެތެރެކުރި ގިނަ ޢަދަދެއްގެ ކޮކެއިންއާއެކު ފިލިޕީންސް މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ފިލިޕީންސްގެ ރައްޔިތަކު ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެނެސްފައި ވަނީ ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 4.5 ކިލޯއަށްވުރެ ގިނަ ކޮކެއިންއާއެކު ކަމަށެވެ.
މި މައްސަލައާއި ގުޅިގެން 2014 ފެބްރުއަރީ 16 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 38 އަހަރުގެ ފިލިޕީންސް އަންހެނެކެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިދިޔަ އާދީއްތަ ދުވަހު ދުބާއީއިން މާލެއައި ފްލައިޓަކުން އޭނާ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއަރފޯޓަށް އައި ވަގުތު އެއަރޕޯޓްގައި ހަރަކާތްތެރިވަމުންދިޔަ ކަސްޓަމްސް އޮފިސަރުންނަށް އޭނާއާމެދު ތުހުމަތު ކުރެވިގެން ނެވެ.
މި މައްސަލައާއި ގުޅިގެން އޭނާ ކަސްޓަމްސް އޮފިސަރުންގެ ބެލުމުގެ ދަށަަށް ގެނެސް އޭނާގެ ސޫޓްކޭސްތެރޭގައި އޮތް 4 ފޮތަކާއި 4 ކަރުދާސްރޯލެއް އެކްސްރޭ މެޝިނުން ސްކޭން ކުރުމުން އޭގައި އިތުރު އެއްޗެއް ފޮރުވާފައި ހުރިކަމަށް ދައްކާތީ އެ ފޮތްތަކާއި ކަރުދާސްރޯލް ވަނީ އިތުރަށް ބަލައިފާސްކޮށްފައެވެ.
މިތަކެތި ކަނޑައި ބެލި އިރު ވަކި ވަކިން ބަންދުކޮށްފައިހުރި 8 ޕެކެޓެއްގެ ތެރެއިން ޖުމްލަ 4.5 ކިލޯ ގްރާމަށް ވުރެ ގިނަ ކޮކެއިން ވަނީ ފެނިފައެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯރސްމަންޓް ޑިޕާރޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ރާއްޖެ އެތެރެކުރި ގިނަ ޢަދަދެއްގެ ކޮކެއިންއާއެކު ފިލިޕީންސް މީހަކު ހައްޔަރު ކޮށްފި
ކޮމެންޓް (0)
ލޯޑް ކުރަމުން...