ރާއްޖޭގެ ޚަބަރު ވަކި ވަގުތެއްގައި ސްކޫލުތައް ހިމެނޭ ސަރަޙައްދު ތަކަށް ހެވީ ވެހިކަލް ތަކަށް ނުވަދެވޭނެ ގަޑިތައް އަންގައިދޭ ބޯޑުތަކެއް ހަރުކޮށްފި

ވަކި ވަގުތެއްގައި ސްކޫލުތައް ހިމެނޭ ސަރަޙައްދު ތަކަށް ހެވީ ވެހިކަލް ތަކަށް ނުވަދެވޭނެ ގަޑިތައް އަންގައިދޭ ބޯޑުތަކެއް ހަރުކޮށްފި

ވަކި ވަގުތެއްގައި ސްކޫލުތައް ހިމެނޭ ސަރަޙައްދު ތަކަށް ހެވީ ވެހިކަލް ތަކަށް ނުވަދެވޭނެ ގަޑިތައް އަންގައިދޭ ބޯޑުތަކެއް ހަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭގެ ސްކޫލުތައް ހިމެނޭ ސަރަޙަދުތަކަށް ހެވީ ވެހިކަލްތައް ނުވަދޭނެ ގަޑިތައް އަންގައިދޭ ބޯޑުތަކެއް ހަރުކޮށްފިއެވެ.
2014 ފެބްރައަރީ 15 ވަނަދުވަހު މި ބޯޑުތައް ހަރުކޮށްފައިވަނީ މާލޭގައި ކޮންމެ ސްކޫލެއްވެސް ނިމޭގަޑިތަކުގައި އެ ސްކޫލެއް ހިމެނޭ ސަރަޙައްދުތަކުގައި ޓްރެފިކް ޖޭމްވެ ދުއްވާ އުޅަނދުތައް ދުއްވުމަށާއި ދަރިވަރުންނަށް ހިނގާ ބިގާވެ އުޅުމަށް ދަތިވަމުންދާ މައްސަލައަށް ޙައްލު ހޯދުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަޝްވަރާ ކުރުމަށްފަހުގައި ކަމަށް ފުލުސް އޮފީހުން ވަނީ ބުނެފަ އެވެ.
އެގޮތުން މާލޭގެ ސްކޫލުތަކުގެ ތެރެއިން މިހާތަނަށް 07 ސްކޫލެއް ހިމެނޭ ސަރަޙައްދުތަކުގައި މި ބޯޑު ތައް ހަރުކޮށްފައި ވާއިރު، އެ ސްކޫލުތަކަކީ އިސްކަންދަރު ސްކޫލް، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން، މަރަދުސަތުލް އަރަބިއްޔާ، އަމީނިއްޔާ ސްކޫލް، ހިރިޔާ ސްކޫލް، ތާޖުއްދީން ސްކޫލް އަދި ޖަމާލުއްދީން ސްކޫލް ކަމަށްފުލުހުން މަޢުލޫމާތު ދީފައި ވެއެވެ.
މި ބޯޑުތަކުގައި އެ ސަރަޙައްދެއްގައި ހިމެނޭ ސްކޫލެއްގެ ދަރިވަރުން ނިމޭ ގަޑިތަކަށް ބަލައި އެގަޑިތަކުގެ ކުރިން ހެވީ ވެހިކަލްތަކަށް ނުވަދެވޭއިރު އެ އެ ބޯޑުގައި ބުނެފައިވާ ގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި ހެވީ ވެހިކަލްތަކަށް އެސަރަޙައްދަށް ވަދެވޭނެއެވެ.
މީގެއިތުރުން މާލޭގެ ފަރީދީމަގުގެ ދެފަރާތުގައި އުޅަދުތައް ޕާކުކުރުމުގެ ސަބަބުން މަގުގައި ދުއްވާ އުޅަނދުތަކަށް އުނދަގޫތަކަކާ ކުރިމަތިލާންޖެހި ޓްރެފިކް ޖޭމް ވަމުންދާ މައްސަލަ ޙައްލުކުރުމުގެ ގޮތުން އެމަގުގެ އެއް ފަރާތުގައި ޕާކް ނުކުރެވޭނެކަން އަންގައިދިނުމުގެ ކޯންތަކެއް ވަނީ ބަހައްޓާފައެވެ. އަދި ކޯން ބަހައްޓާފައިވާ ސަރަޙައްދުގައި އުޅަނދެއް ޕާކްކޮށްފައިވާނަމަ އެ އުޅަނދެއްގެ ނަގަމުންދާނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.