ލައިސެންސް ނެތި ބާރު ސްޕީޑެއްގައި ދުއްވާފައި ދަނިކޮށް އެކްސިޑެންޓްވެ ޒުވާނަކަށް އަނިޔާވެއްޖެއެވެ.
އިއްޔެ ހަވީރު ބުރެވި މަގުގައި ހިނގި މި އެކްސިޑެންޓްގައި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް އެމަގުގައި ހުރި ގުދަނެއްގެ ބިއްލޫރި ގަނޑުގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން ޒުވާނަކަށެވެ.
އިއްޔެ ހަވީރު 16:30 ހާއިރު މާލޭގައި ހިނގި މި އެކްސިޑެންޓްގައި އެ ގުދަނުގެ ބިއްލޫރިގަނޑު ތަޅައިގެންގޮސް އަނިޔާވި ޒުވާނާއަށް މި އެކްސިޑެންޓްގައި ލިބުނު އަނިޔާ ތަކުގެ ތެރޭގައި އޭނާގެ ކޮނޑު ކަށިގަނޑުގެ މަތިން ދެތަނަކުން ފުންކޮށް ކަނޑައިގެން ގޮސްފައިވާއިރު ގައިގެ އެކިތަންތަން ވަނީ މަށައިގެން ގޮސްފައެވެ. އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. މި އެކްސިޑެންޓްގައި ސައިކަލަށްވެސް އެކިވަރުގެ ގެއްލުން ލިބިފައި ވެއެވެ.
މި އެކްސިޑެންޓްގައި އަނިޔާވި އަދި ސައިކަލް ދުއްވަން އިން މީހާއަކީ އެއްގަމު އިންޖީނު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށް ފުލުހުން މަޢުލޫމާތު ދީފައި ވެއެވެ.
މި އެކްސިޑެންޓް ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ދަނީ ތަހުޤީޤް ކުރަމުންނެވެ.
ލައިސެންސް ނެތި ބާރު ސްޕީޑެއްގައި ދުއްވާފައި ދަނިކޮށް އެކްސިޑެންޓްވެ އަނިޔާވެއްޖެ
ކޮމެންޓް (0)
ލޯޑް ކުރަމުން...