ރާއްޖޭގެ ޚަބަރު ކުޑަހުވަދޫ އިސް ރަށްވެހިންނާ ފުލުހުންނާ ހޯމް މިނިސްޓަރު ބައްދަލު ކުރައްވައިފި

ކުޑަހުވަދޫ އިސް ރަށްވެހިންނާ ފުލުހުންނާ ހޯމް މިނިސްޓަރު ބައްދަލު ކުރައްވައިފި

ކުޑަހުވަދޫ އިސް ރަށްވެހިންނާ ފުލުހުންނާ ހޯމް މިނިސްޓަރު ބައްދަލު ކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އުމަރު ނަސީރު އާއި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ދ. އަތޮޅު ކައުންސިލް މެމްބަރުންނާއި ދ. ކުޑަހުވަދޫ ކައުންސިލް މެމްބަރުންނާއި ރަށުގެ ކަމުވޮށިގެންވާ ފަރާތްތަކާ ބައްދަލުކުރައްވައިފިއެވެ.
އިއްޔެ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަން ގޯތިތެރޭގައި އޮތް މި ބައްދަލުވުމުގައި އަތޮޅު ކައުންސިލް މެމްބަރުންނާއި ރަށު ކައުންސިލް މެމްބަރުންނާއި ބައްދަލުވުމުގައި ބައިވެރިވި އެހެން ފަރާތްތަކުން ވަނީ ކުޑަހުވަދޫ ހިނގަމުން އަންނަ ކުށްތައް ފާހަގަކުރައްވައި އެބޭފުޅުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އުމަރު ނަސީރުވަނީ މި ބައްދަލުވުމުގައި ބައިވެރި ފަރާތްތަކުން ފާގަހަކުރި ކަންތައްތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ފަރާތުން ރަގަޅުކުރަން ހުރި ކަންތައްތައް ރަގަޅުކޮށް ރައްޔިތުންނަށް ރަގަޅު ޚިދުމަތެއް ފޯރުކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އުމަރު ނަސީރުއާއި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުގެ އިތުރުން ފުލުހުންގެ ބައެއް ސީނިއަރ އޮފިސަރުންނާއި ދ. އަތޮޅު ކައުންސިލް މެމްބަރުންނާއި ރަށު ކައުންސިލް މެމްބަރުންނާއި ރަށުގެ އެހެނިހެން އިދާރާތަކުގެ ބޭފުޅުންނާއި ކަމުވޮށީގެންވާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.