މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ހުރި 2 ރަބަރު ޕެކެޓާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2014 ފެބްރުއަރީ 14 ވަނަ ދުވަހުގެ ހެނދުނު 0545 ހާއިރު މާލެ ތެރެ ޕެޓްރޯލް ކުރަމުންދިޔަ މާފަންނު ޕޮލިސް ސްޓޭޝަންގެ ފުލުހުންނަށް އޭނާގެ ޢާމަލުތައް ހުރިގޮތުން މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑު ބަލައި ފާސްކުރިއިރު އޭނާގެ ފުރަގަސްފަރާތުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ހުރި 2 ރަބަރު ޕެކެޓް ފެނުމާ ގުޅިގެންނެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯރސްމަންޓް ޑިޕާރޓްމަންޓުންދަނީ ތަޙުޤީޤު ކުރަމުންނެވެ.
މަސްތުވާތަކެއްޗާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
ކޮމެންޓް (0)
ލޯޑް ކުރަމުން...