ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ދ. ކުޑަހުވަދޫއަށް ވަޑައިގެން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި ބައްދަލުކުރައްވައިފިއެވެ.
އިއްޔެ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގައި އޮތް މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުގެ އިތުރުން ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނަދީމްއާއި ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް)ގެ ޑައިރެކްޓަރ ޖެނެރަލް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޢަބްދުލް ރަޙުމާންގެ އިތުރުން ދ. އަތޮޅު ކޮމާންޑަރާއި ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ދެއްކެވި ވާހަކަފުޅުގައި ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރައްވާ ފުލުހުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަކީ ކޮބައިތޯ ބަލައި އެކަންތައްތައް ހައްލުކޮށްދެއްވުމަށް ފުލުހުން މަސައްކަތްކޮށްދެއްވުމަށް އެދިލެއްވިއެވެ. އަދި ކުށްކުރުން މަދުކުރުމަށް މަސައްކަތްކުރުމަށާއި ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރެއްވުމަށްވެސް އެދިލެއްވިއެވެ.
މި ބައްދަލުވުމުގައި ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންވަނީ ކޮމިޝަނަރ ކުޑަހުވަދޫއަށް ވަޑައިގެން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާ ބައްދަލުކުރެއްވީތީ އެކަމާ އުފާކޮށް ކޮމިޝަނަރއަށް ޝުކުރުއަދާކުރެއްވިއެވެ.
ކުޑަހުވަދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ޙައްލުކުރަން އެހީވުމަށް ކޮމިޝަނަރ އެދިވަޑައިގެންފި
ކޮމެންޓް (0)
ލޯޑް ކުރަމުން...