ރާއްޖޭގެ ޚަބަރު މަރުގެ ޙުކުމް ތަންފީޒު ކުރުމާއި މެދު ކެބިނެޓުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަނީ

މަރުގެ ޙުކުމް ތަންފީޒު ކުރުމާއި މެދު ކެބިނެޓުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަނީ

މަރުގެ ޙުކުމް ތަންފީޒު ކުރުމާއި މެދު ކެބިނެޓުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަރުގެ ޙުކުމް ތަންފީޒު ކުރުމާއި މެދު ކެބިނެޓުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުން އާދީއްތަ ދުވަހަށް އެޖެންޑާ ކޮށްފައި ވާކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

މިކަމާ ގުޅިގެން ބައެއް މީޑިޔާތަކުން ފަތުރާފައިވާ ޚަބަރުގައި ބުނީ ޙުކުމް ތަންފީޒު ކުރުމަށް ހޯމް މިނިސްޓަރު ޢުމަރު ނަސީރު ނިންމެވި ނިންމެވުމާއި ގުޅޭގޮތުން ކެބިނެޓުގައި ފުޅާ ދާއިރާ އެއްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު ދިހަ އެއް ޖަހާއިރު ބާއްވާ ޚާއްޞަ ކެބިނެޓްގެ ޖަލްސާ އެއްގައި ކަމަށެވެ.

އެހެން ނަމަވެސް ރައީސް އޮފީހުން ރަސްމީކޮށް މިކަން ކަށަވަރު ކޮށްދީ ފައެއްނުވެއެވެ.

މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން އިބުރާހީމް މުޢާޒް ޢަލީ ބައެއް މީޑިޔާތަކުގައި ވިދާޅުވީ، އަންނަ އާދީއްތަ ދުވަހު ހެނދުނު ދިހައެއް ޖަހާއިރު ވަރަށް ޚާއްޞަ ކެބިނެޓް ބައްދަލު ވުމެއް ބޭއްވުމަށް ހަމަޖެހިފައި ވާކަމަށާއި، އެ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަންކަމުގެ މަޢުލޫމާތު މީޑިޔާ އާއި ޙިއްޞާ ކުރެވެން ނެތް ކަމަށެވެ.
އެހެން ނަމަވެސް ބައްދަލު ވުމަށް ފަހު އެ މަޢުލޫމާތު މީޑިޔާ އާއި ޙިއްޞާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.