އޭސީ އައުޓް ޑޯ ޔުނިޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތަކެއް ހޯދައިފިއެވެ.
ފުލުހުން މިތަކެތި ހޯދާފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކޮށް ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން 2014 ޖެނުއަރީ 29 ވަނަދުވަހުގެ 13:50 ހާއިރު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ޖަނަވަރީ މަގާއި އިންވެގެން އޮންނަ ގޯޅި ގަނޑެއްގެ ތެރެއިންނެވެ.
މި ގޯޅި ގަނޑު ބަލައިފާސްކުރުމުން އެ ގޯޅިގަނޑު ތެރޭގައި ބަހައްޓާފައިހުރި އޭސީ އައުޓްޑޯ ޔުނިޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 7 ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކުދި 71 ރަބަރު ޕެކެޓް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅުންހުރި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުޤީޤް ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...