ރާއްޖޭގެ ޚަބަރު ޤާނޫނު ތަންފީޒު ކުރުމުގައި ފާޑުކިޔުން ތަކާއި ބިރުދެއްކުމަށް ފަސް ނުޖެހުމަށް ހޯމް މިނިސްޓަރު ގޮވާލައްވައިފި

ޤާނޫނު ތަންފީޒު ކުރުމުގައި ފާޑުކިޔުން ތަކާއި ބިރުދެއްކުމަށް ފަސް ނުޖެހުމަށް ހޯމް މިނިސްޓަރު ގޮވާލައްވައިފި

ޤާނޫނު ތަންފީޒު ކުރުމުގައި ފާޑުކިޔުން ތަކާއި ބިރުދެއްކުމަށް ފަސް ނުޖެހުމަށް ހޯމް މިނިސްޓަރު ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފުލުހުންނާ ގުޅޭގޮތުން މީހުން ކިޔާފާނެ ނުވަތަ ކިޔާނެ ފާޑު ކިޔުންތަކާއި ފުލުހުންނަށް ދައްކާ ބިރަށް ބަލައިގެން، ޤާނޫނު ތަންފީޒްކުރުމުގައި ފުލުހުން ފަހަތަށް ޖެހިގެން ނުވާނެކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު މިހެން ވިދާޅުވީ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ 24 ވަނަ ބުރުގެ ދަސްވެނިންނަށް ލިޔުން ދިނުމަށް އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އުމަރު ނަސީރު ދެއްކެވި ވާހަކަފުޅުގައި ފާއިތުވެި އަހަރުތަކުގައި ތަފާތު ނަން ނަމުގައާއި ތަފާތު ގޮތްގޮތަށް ފުލުހުންނާ ދިމާކޮށް ފާޑުކިޔުންތަކާއި ބިރުދެއްކުމުގެ ސަބަބުން ފުލުހުން ފަހަތަށް ޖެހެމުންދިޔަ ސަޤާފަތެއް އުފެދުން އައި ކަމަށެވެ.

މިފަދަ ފާޑު ކިޔުންތަކާއި ބިރު ދެއްކުންތަކަށް ބަލައިގެން ފަހަތަށް ޖެހޭކަމަށްވާނަމަ ޤާނޫނު ތަންފީޒް ނުކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން މިއަދު ހުރިހާ ފުލުހުންވެސް ކުރިއަށް ޖެހި ޤާނޫނުގެ ދިގުއަތް ބޭނުންކޮށް ކުށްވެރިން ހިފައި ހައްޔަރުކޮށް، މި މުޖުތަމަޢު ކުށުގެ ބިރުވެރިކަމުން ސަލާމަތްކުރުމަށާއި ޤާނޫނު ތަންފީޒްކުރުމުގައި ފުލުހުން ފަހަތަށް ޖެހިގެން ނުވާނެކަމަށް ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ ފުލުހުންގެ ޚިދުމަތަކީ އަބަދުވެސް ފާޑުކިޔުންތައް އަމާޒްވާނެ ޚިދުމަތެއްކަމަށެވެ.

އެހެންކަމުން ކޮންމެ ފުލުހަކުވެސް އެ ފާޑު ކިޔުންތަކާ ކުރިމަތިލައި ޕްރޯއެކްޓިވްކޮށް މަސައްކަތްކޮށް ކުށުގެ ބިރުވެރިކަމުން ރައްޔިތުން ސަލާމަތްކުރުމަށް ހުރިހާ ފުލުހުންގުޅިގެން މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.

އަދި ކުށުގެ ވެށި މިއަދު މިވަނީ ކަންބޮޑުވާ ދަރަޖައަށް ގޮސްފައިވާކަން ފާހަގަކުރައްވައި މިއަދު ތަމްރީން ފުރިހަމަކޮށް ފުލުހުންގެ ޚިދުމަތަށް ނުކުންނަ ފުލުހުން މިކަމަށް ސަމާލުކަންދީގެން މަސައްކަތްކުރުމަށް އެފުލުހުންގެ ކިބައިން ހޯމް މިނިސްޓަރ އެދިވަޑައިގަތެވެ.

ފުލުހުންގެ އަސާސީ ތަމްރީން ކޯސް ފުރިހަމަކުރި ދަރިވަރުން މި ކޯހުން އުގަންނައިދިން ތަކެތީގެ ބޭނުންހިފައި ޤައުމުގައި މަޞްލަޙަތު ދަމަހައްޓައި ޤާނޫނު ތަންފީޒްކުރުމަށް މަސައްކަތްކޮށްދެއްވުމަށްވެސް މނިސްޓަރގެ ވާހަކަފުޅުގައި އެދިވަޑައިގަތެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.