މާލޭ ފޯރތް ޕަވަރ ޕްރޮޖެކްޓް ގެ ސަޕްލިމެންޓަރީ ލޯން ގެ ގޮތުގައި ދެމިލިޔަން ފަސްލައްކަ ޔޫރޯ ނެގުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުން ދީފި އެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުން މި ލޯނު ނެގުމުގެ ހުއްދަ ދީފައި ވަނީ މަޖިލީހުގެ ޖަލްސާގައި ވޯޓު ދެއްވި ފަންސާސް މެންބަރުން އިއްތިފާޤުންނެވެ. އަދި 4 މެންބަރަކު ވަކިފަރާތަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.
މަޖިލީހުން ބުނީ މި ލޯނު އަލުން ފާސްކޮށްފައި މި ވަނީ 2013 ވަނަ އަހަރު ދިވެހި ސަރުކާރުން ނެންގެވުމަށް ހުށަހަޅުއްވާފައިވާ ލޯނުތަކުގައި ހިމެނޭ “މާލޭ ފޯރތް ޕަވަރ ޕްރޮޖެކްޓް ގެ ސަޕްލިމެންޓަރީ ލޯން 2,500,000 (ދެމިލިޔަން ފަސްލައްކަ) ޔޫރޯ” ލޯނު ހުށަހެޅިފައިވާ ގޮތަށް ލޯނުގެ ކަންތައް ކުރިއަށް ގެންދިއުމަށް މާލިއްޔަތު ކޮމިޓީއިން ހުއްދަ ދެއްވާފައި ވަނިކޮށް، ލޯނުގެ ފުރިހަމަ މަޢުލޫމާތުތައް ފޮނުއްވާފައި ވާއިރު، ބައެއް މަޢުލޫމާތު ބަދަލު ވެފައިވާތީ ކަމަށެވެ.
އެހެން ކަމުން އެ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ލޯނު ނެންގެވުމަށް އުޞޫލެއްގެ ގޮތުން އެއްބަސްވެލައި ނިންމެވި ގޮތުގެ ރިޕޯޓް ކޮމިޓީން ނިންމެވިގޮތަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ އަލުން ފާސްކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...