ރާއްޖޭގެ ޚަބަރު ހަތަރު ސްޓޭޓް މިނިސްޓަރަކާއި ތިން ނާއިބުން މިއަދު ޢައްޔަނު ކޮށްފި

ހަތަރު ސްޓޭޓް މިނިސްޓަރަކާއި ތިން ނާއިބުން މިއަދު ޢައްޔަނު ކޮށްފި

ހަތަރު ސްޓޭޓް މިނިސްޓަރަކާއި ތިން ނާއިބުން މިއަދު ޢައްޔަނު ކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރައީސް ޔާމީންގެ ސަރުކާރުން ހަތަރު ސްޓޭޓް މިނިސްޓަރަކާއި ތިން މިނިސްޓަރުންގެ ނާއިބުން މިއަދު ޢައްޔަނު ކޮށްފިއެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ، ޢަބްދުﷲ ޔާމީން މިއަދު ސްޓޭޓް މިނިސްޓަރުންގެ މަގާމަށް ޢައްޔަނު ކުރެއްވި ހަތަރު ބޭފުޅުންނަކީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ ހިންގަވާ އެންމެ އިސްވެރިއެއްގެ ގޮތުގައި، މިނިސްޓަރ އޮފް ސްޓޭޓްގެ މަގާމަށް، މާފަންނު ނަޣުމާ މުޙަންމަދު ޒުހައިރު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރ ކަމުގެ މަޤާމަށް ހެންވޭރު ހަތިހާ ޒަހާ ވަޙީދު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމަށް މާފަންނު އާސްތާނާ އާމިނަތު ޢާޠިފާގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް ކަމަށް މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ވިންޓަރ ހައުސް އަޙްމަދު މުޞްޠަފާ މުޙަންމަދު ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މިބޭފުޅުންގެ ތެރެއިން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރު ކަމަށް ހަމަޖެއްސެވި އަހުމަދު ވަޙީދު މިހާތަނަށް ހުންނެވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ނާއިބުގެ މަގާމުގައި ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރުންގެ ނާއިބު ކަމުގެ މަގާމަށް މިއަދު ޢައްޔަނު ކުރެއްވި ތިން ބޭފުޅުންނަކީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނާއިބު ކަމުގެ މަގާމަށް، ދަފްތަރު ނަންބަރު އާރުއެސް 8661 އާދަމް ތައުފީޤު، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނާއިބު ކަމުގެ މަގާމަށް ގަލޮޅު ހިޔަލަ ޢަބްދުﷲ ފަޔާޟްގެ އިތުރުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނާއިބު ކަމުގެ މަގާމަށް ނިލަންދެ އަތޮޅު އުތުރުބުރި ނިލަންދޫ ވެނީލާގޭ ޢަލީ ވަޙީދުއެވެ.
ސިޔާސީ މަޤާމް ތަކަށް މިއަދު ހަތް ބޭފުޅަކު އައްޔަނު ކުރައްވާފައި ވާއިރު، ރައީސް ޔާމީން ވަނީ ކޮންމެ ވުޒާރާ އަކަށް ވެސް ދެ ސްޓޭޓް މިނިސްޓަރަކާއި ދެ ނާއިބުންނަށްވުރެ ސިޔާސީ މަޤާމު ތައް އިތުރު ނުކުރުމަށް އަންގަވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.