ރާއްޖޭގެ ޚަބަރު އައިޑީކާޑު ފޮރުވާ މައްސަލަ ތަކުގައި ޤާނޫނީ ފިޔަވަޅު އަޅާނަން: ފުލުހުން

އައިޑީކާޑު ފޮރުވާ މައްސަލަ ތަކުގައި ޤާނޫނީ ފިޔަވަޅު އަޅާނަން: ފުލުހުން

އައިޑީކާޑު ފޮރުވާ މައްސަލަ ތަކުގައި ޤާނޫނީ ފިޔަވަޅު އަޅާނަން: ފުލުހުން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ބައެއް މީހުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ފޮރުވަމުން ގެންދާކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހެޅެމުން ގެންދާ ކަމަށާއި އެފަދަ ކަންކަން ސިރިއަސް ކަމާއެކު ބަލާ ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.

ދި އިސްލާމަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، ރެއިން ފެށިގެން ރާއްޖޭގެ ބައެއް ސަރަޙައްދު ތަކުގައި މީހުންގެ އައިޑީކާޑު ފޮރުވަމުން ގެންދާ ކަމުގެ ޝަކުވާ ހުށަހެޅެމުން ދާތީ ފުލުހުން އެފަދަ ރަށްރަށުގައި އެކަން ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށެވެ.

މިކަމަކީ އިންތިޚާބު ތަކާއިބެހޭ ޢާއްމު ޤާނޫނުގެ ދަށުން އަދަބު ކަނޑައެޅިފައިވާ ޤާނޫނާ ޚިލާފު ކުށަކަށްވާތީ މިފަދަ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުން ގެންދާނެ ކަމަށާއި، މިފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ބައެއް މީހުންގެ އައިޑީކާޑު ފޮރުވުންފަދަ ކަންކަން ކުރަމުން ގެންދާކަމުގެ ޝަކުވާ ހުށަހެޅެމުން ދާކަމަށް ފުލުހުން ބުނެފައި ވާއިރު، އައިޑީކާޑު ވަގަށް ނެގުން ފަދަ މައްސަލަ ތައް ފާހަގަ ކުރެވޭ ކަމަށް ބުނެ އައިޑީކާޑާއި މެދު ސަމާލުވުމަށް ޕާޓީތަކުންވެސް ދަނީ އިލްތިމާސް ކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.