ރާއްޖޭގެ ޚަބަރު ސިފައިންނަށް ޤުރުއާން ކިޔަވަން ދަސްކޮށްދޭ ކޯހެއް ފަށައިފި

ސިފައިންނަށް ޤުރުއާން ކިޔަވަން ދަސްކޮށްދޭ ކޯހެއް ފަށައިފި

ސިފައިންނަށް ޤުރުއާން ކިޔަވަން ދަސްކޮށްދޭ ކޯހެއް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ގުޅިގެން ދިވެހި ސިފައިންނަށް ހިންގާ ފުރަތަމަ ޤާރީ ކޯސް، ރޭ ފަށައިފި އެވެ.

މި ކޯސް ފެށުމަށް، ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ޤުރުއާނާ ބެހޭ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް އަބްދުލް ރަޙްމާނު ޔޫސުފެެވެ.
މިރަސްމިއްޔާތު ތައާރަފް ކުރުމާއި މަރުޙަބާ ދެންނެވީ ޑިފެންސް އިންސްޓިޓިއުޓް ފޮރ ޓްރޭނިންގ އެެންޑް އެޑިއުކޭޝަންގެ އޮފިސަރ ކޮމާންޑިންގ ކެޕްޓަން އަޙްމަދު ޝަރީފެވެ.
އެއަށްފަހު ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް ޢަބްދުލް ރަޙްމާން ޔޫނުސް ވާހަކަފުޅުދެއްކެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއް ރަޙްމާނު ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމަކީ ތަޖްވީދު ހަމަތަކުން ކިޔެވުން ކަމަށާއި، ޤުރުއާން ކިޔެވުމުގައި އާއްމުންނަށް ވެސް އިޙުމާލު ނުވެވޭނެ ކަންކަން ހުންނަ ކަމަށެވެ.

އަދި އެކަން ކަމަަކީ މުސްލިމެއްގެ ޙައިސިއްޔަތުން ކޮންމެ މީހަކު ވެސް ކުރުން ލާޒިމް ކަންކަން ކަމަށާއި، އުންމީދަކީ، ކުރިޔަށް އޮތް ތަނުގައި މިފަދަ ކޯސް ތަކުގެ އިތުރު ލެވެލްތައް ވެސް ދިވެހި ސިފައިންނަށް ހިންގޭނެ މަގު ތަނަވަސް ވެެގެން ދިޔުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިމަހުގެ ސާދައިން ފެށިގެން ދެމަސް ދުވަހުގެ މުއްދަތައް ހިންގާ މި ކޯހުގައި ޖުމްލަ ވިހި ސިފައިން ވަނީ ބައިވެރިވެފައެވެ.

ސިފައިންނަށް އަމާޒުކޮށްގެން ހިންގާ މިކޯހުގައި ކިޔަވައިދެއްވާނީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ޤާރީންގެ ތެރެއިން ސިފައިންގެ ޤާރީއެއް ކަމަށްވާ ސްޓާފް ސަރޖަންޓް އަހްމަދު އަސްލަމް ކަމަށް އެމްއެންޑިއެފުން ވަނީ ބުނެފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.