ރާއްޖޭގެ ޚަބަރު ވަގުތުން: ޢަދާލަތު ޕާޓީއިން ތާޢީދު ކުރާނެ ކެނޑިޑޭޓްއެއް އިއުލާން ކުރަނީ

ވަގުތުން: ޢަދާލަތު ޕާޓީއިން ތާޢީދު ކުރާނެ ކެނޑިޑޭޓްއެއް އިއުލާން ކުރަނީ

ވަގުތުން: ޢަދާލަތު ޕާޓީއިން ތާޢީދު ކުރާނެ ކެނޑިޑޭޓްއެއް އިއުލާން ކުރަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޚަބަރު: ޢަދާލަތު ޕާޓީއިން ޕީޕީއެމްގެ ކެނޑިޑޭޓް އަށް ތާޢިދު ކުރުމަށް ނިންމައިފި

ނޫސްކޮންފަރެންސް ނިންމާލައިފި

5:05

މި ނިންމުން ނިންމީ ޤައުމީ މަސްލަހަތަށްތަކައި: ޑރ ޝަހީމް

ޕީޕީއެމް އާއި އެކު މަސައްކަތް ކުރެވިދާނެކަމަށް ޤަބޫލުކުރަން. ފިކުރު ވަރަށް ގާތް: ޑރ ޝަހީމް

5:00
އަޅުވެތިކަމުން ސަލާމަތްވެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ މަސައްކަތެއް މިއީ: ޝެއިޚް ދީދީ

4:50
"އެމީހުންގެ ހަތިޔާރު އެޅި ލަޝްކަރެއް ނެތަސް ޤައުމު މިއޮތީ އިސްތިއުމާރީ ވުމުގެ ކުރިމަތީ: ޑރ މައުރޫފް

4:46
1 ލައްކަ ފަންސާސް ހާސް ރައްޔިތުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައި، އިސްތިއުމާރީ ބާރުތަކުގެ އެޖެންޓަކާއި ގުޅިގެން ކުރަމުންދާ މަސައްކަތާއި ގުޅިގެން - ޢަދާލަތު

4:40
ޢަދާލަތު ޕާޓީގެ އެންމެހާ މެމްބަރުންގެ ކިބައިން ޕާޓީގެ މި ނިންމުމާއި އެއްގޮތަށް އެއްބާރު ލެއްވުމަށް އެދޭކަމަށް ޝެއިޚް އިމްރާން ވިދާޅުވި

4:37
ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވަނީ ޢަދާލަތު ޕާޓީއިން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީގެ ރިޔާސީ ކެނޑިޑޭޓް ޔާމީން އަށް ތާޢީދުކުރުމަށް.

އެއްބުރުން އެއްވެސް ބަޔަކު ނުދިޔަ، ޕާރޓީގެ ކައުންސިލުން ނިންމީ ޕީޕީއެމް އާއި އެކު ކުރިއަށް ދިއުމަށް: ޝެއިޚް އިމްރާން

4:35
ޢަދާލަތު ޕާޓީގެ އޮފީސްގައި ބާއްވާ ނޫސްކޮންފަރެންސް ފެށިގެން ކުރިއަށް ދަނީ. ނޫސްކޮންފަރެންސްގައި ބައިވެރިވަނީ ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ، ތަރުޖަމާނު އުސްތާޒު އަލީ ޒާހިރު، ޝެއިޚް ޝަހީމް، ޝެއިޚް ދީދީ އަދި ޑރ މައުރޫފް

4:32
ތާއީދު ކުރާނެ ކެނޑިޑޭޓެއް ކަނޑައަޅާ އެކަން އިއުލާން ކުރާނީ އެޕާޓީގެ އެއޮފީހުގައި މިހާރު ކުރިއަށްދާ ނޫސް ކޮންފަރެންސްގައެވެ.
4:30
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޤާސިމް އިބްރާހިމް އަށް ތާޢީދު ކުރި ޢަދާލަތު ޕާޓީއިން ދެވަނަ ބުރުގައި ތާޢީދު ކުރާނެ ފަރާތެއް މިއަދު ހަވީރު އިއުލާން ކުރާނެކަމަށް ޢަދާލަތު ޕާޓީއިން ވަނީ ހާމަކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.