ރާއްޖޭގެ ޚަބަރު ރާއްޖޭގައި ދިނީ މިނިވަންކަން ނޯންނާތީ އީޔޫއިން ދޭ އެހީ ކަނޑާލަނީ

ރާއްޖޭގައި ދިނީ މިނިވަންކަން ނޯންނާތީ އީޔޫއިން ދޭ އެހީ ކަނޑާލަނީ

ރާއްޖޭގައި ދިނީ މިނިވަންކަން ނޯންނާތީ އީޔޫއިން ދޭ އެހީ ކަނޑާލަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި ދިނީ މިނިވަންކަން ނޯންނާތީ އީޔޫއިން ދޭ އިނާޔަތްތައް ކަނޑާލަން ވިސްނަމުންދާކަމަށް އީޔޫއިން ރާއްޖެއަށް އަންގައިފިއެވެ.

ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ދެމުންދާ އެހީކަމުގައި ޖެނެރަލައިޒްޑް ސިސްޓަމް އޮފް ޕްރިފަރެންސަސް ޕްލަސް (ޖީއެސްޕީ ޕްލަސް)ގެ ސްކީމްގައި ރާއްޖެ ބައިވެރި ކުރުމަށް އީޔޫ އިން ވަނީ ދެކޮޅު ހަދާފައެވެ.

މިމައްސަލައާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ އީޔޫގެ ޖީއެސްޕީ ޕްލަސްގެ ސްކީމް ރާއްޖެ ބައިވެރި ކުރުމަށް ޔޫރަޕިއަން ޔޫނިއަނުން ދެކޮޅު ހަދާފައިވަނީ ރާއްޖެ ސޮއިކޮށްފައިވާ ބައެއް މުއާ ހަދާތަކުގައި އޮންނަ ދީނީ މިނިވަންކަން ދިނުމުގެ މާއްދާގައި ރާއްޖޭން ރިޒަވޭޝަން ހަދާފައި ވާތީ ކަމަށެވެ. އެގޮތުން އެއިނާޔަތްތައް އަހަރު ދުވަހަށް ރާއްޖެ އަށް ދިނުމަށް އީޔޫގެ 22 ގައުމަކުން ދެކޮޅު ހަދާފައިވާ ކަމަށެވެ.

"މިއަދު އަޅުގަނޑުމެންނަށް މިދަންނަވާލަން ޖެހެނީ މިސަބަބާ ހުރެ، ދީނީ މިނިވަންކަން (ނެތުން) އެއީ މައްސަލައެއް ކަމުގައި ދެކިގެން ޖީއެސްޕީ ޕްލަސް ސްކީމް ރާއްޖެ އަށް ނުލިބުމަކީ ހަމަ ވަރަށް ގާތްކަމެއް، ގާތް ގަނޑަކަށް ދެން ނުލިބޭނޭ ދެންނެވުމަކީ ވެސް ދޮގަކަށް ނުވާނެ. އެގޮތަށް މިހާރު އޮތީ އަޅުގަނޑުމެންނަށް ޔޫރަޕްގެ އިއްތިހާދުން ލިއުމެއް ވެސް ފޮނުވާފައި، ޖީއެސްޕީ ޕްލަސް ސްކީމަށް ރާއްޖޭން ހުށައެޅި އެޕްލިކޭޝަން ރިޖެކްޓް ކުރުމަށް ގަސްދުކުރާ" މިނިސްޓާރ ވިދާޅުވިއެވެ.

ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ދޭ އެހީ ދިނުމުގައި ހަމަ އެކަނި މައްސަލައެއްކަމަށް ބަލާފައިވަނީ ދީނީ މިނިވަންކަން ނެތުމެވެ. ރާއްޖެއިން އީޔޫގެ އެހީތެރިކަން ބޭނުންވާނަމަ ދީނީ މިނިވަންކަން ދިނުން ނޫންގޮތެއް ނެތެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.