ނަޝީދަށް "ލާދީނީ"އޭ ކިޔާ ސަބަބުތައް އިލެކްޝަނަށް އަންގައިފިން ކަމަށް ޑރ މައުރޫފް ހުސެއިން ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފް ހުސެއިން ވިދާޅުވީ "ލާދީނީ" ކިޔާ ސަބަބުން އޮޅުންފިލުވައިދޭން އިލެކްޝަން ކޮމިޝަނުން އެދިފައިވާތީ އެކޮމިޝަނަށް ސިޓީއަކުން އޭގެ ޖަވާބު ދީފައިވާނެކަމަށެވެ.
"އެސިޓީގައި ލާދީނީ ބަހުގެ މާނަ އާއި ނަޝީދަކީ ލާދީނީ ފިކުރުގެ ބޭފުޅެއްކަން އެނގޭ ހެކިތައް ބަޔާންކޮށްފައިވާނެ"ކަމަށް ޑރ މައުރޫފް ވިދާޅުވިއެވެ.
33 ސަފުހާގެ ސިޓީގައި ޑރ މައުރޫފް ވަނީ ވަރަށް ތަފްސީލްކޮށް އިލެކްޝަން ކޮމިޝަންއަށް ޖަވާބު ދީފައެވެ. ޑރ މައުރޫފް އިތުރަށް ވިދާޅުވީ ސިޓީއާއި އެކު ނަޝީދު އަކީ ލާދީނީ މީހެއްކަން ސާބިތު ކޮށްދޭން ދެ ފޮތަކާއި ޑޮކިއުމެންޓްރީއެއް އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށައަޅާފައިވާނެކަމަށެވެ.
ޑރ މައުރޫފް އިލެކްޝަނަށް ފޮނުވި ސިޓީ އިންޓަނެޓްގައި އާންމުކުރައްވާނެކަމަށް އެބޭފުޅާ ވިދާޅިއެވެ.
"ލާދީނީ" ވާގޮތް ބަޔާންކޮށް އިލެކްޝަންއަށް ފޮނުވި ސިޓީ ވިދާޅުވޭ!
ކޮމެންޓް (0)
ލޯޑް ކުރަމުން...