ރާއްޖޭގެ ޚަބަރު މިސްރުގެ ހާލަތު ގޯސްވެފައި ވާތީ ގުނޫތު ކިޔަން އަންގައިފި

މިސްރުގެ ހާލަތު ގޯސްވެފައި ވާތީ ގުނޫތު ކިޔަން އަންގައިފި

މިސްރުގެ ހާލަތު ގޯސްވެފައި ވާތީ ގުނޫތު ކިޔަން އަންގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިސްރުގެ ހާލަތު ގޯސްވެފައި ވާތީ ގުނޫތު ކިޔަން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓާރ ޑރ މުހައްމަދު ޝަހީމް މިއަދު ވިދާޅުވީ މިސްރުގެ ހާލަތު އިންތިހާއަށް ގޯސްވެ ގިނަ ބަޔަކު މަރުވެ އެތަށް ހާސް ބަޔަކަށް އަނިޔާވެފައިވާތީ މިސްކިތްތަކުގައި ގުނޫތު ކިޔުމަށް އިސްލާމިކް މިނިސްޓްރީއިން އިލްތިމާސް ކުރާ ކަމަށެވެ. ޑރ ޝަހީމް އިތުރަށް ވިދާޅުވީ "މިހެން ކަމުން މިރެއިން ފެށިގެން މަޢްރިބު ނަމާދާއި އިޝާނަމާދާއި އަދި ފަތިސްނަމާދުގެ ފަހު ރަކުއަތުގައި، އިއުތިދާލުގައި އަރަބި ބަހުން ގުނޫތް ނާޒިލާ ކިޔުމަށް މިނިސްޓަރުގެ ހައިސިއްޔަތުން ރާއްޖޭގެ އެގޮތަށް ދުއާ ކުރުމުގެ ގާބިލް ކަން ހުރި އިމާމުންނަށް އިލްތިމާސް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

"އިސްލާމީ ގައުމުތަކަށް މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި އަޑު ހަރު އަޑުކޮށް ގުނޫތް ނާޒިލާ ކިޔުމަކީ މާތް ނަބިއްޔާގެ މަތިވެރި ސުންނަތެއް. އެހެންކަމުން މިރެއިން ފެށިގެން ނަމާދުތަކުގައި އިމާމުން ގުނޫތް ނާޒިލާ ކިޔުމަށް އިލްތިމާސް ކުރާ"ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

މިސްރުގެ އިންތިހާބީ ސަރުކާރު ބަޤާވާތަކުން ވައްޓާލުމާއި ގުޅިގެން ރައްޔިތުން މަގުމައްޗަށް ނުކުމެފައިވާތީ އަސްކަރިއްޔާއިން މިއަދު ވަނީ ބާރުގެ ބޭނުންކޮށްގެން އެއްވުން ރޫޅާލާފައެވެ. އަދި އެއްވި މީހުންގެ ތެރެއިން އެތައް ބަޔަކު ވަނީ މަރުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.