ބަންޑާރަ މިސްކިތުގައި އިޝާނަމާދަށްފަހު ދަރުސްއެއް ބާއްވަން ހަމަޖެހިއްޖެއެވެ.
ދިއިސްލާމްއަށް ޚަބަރު ލިބިފައިވާ ގޮތުގައި މިރޭ ބާއްވާ ދަރުސް އަކީ މުސްލިމުންގެ ގުޅުމުން ކުރިއަށް ގެންދާ ސިލްސިލާ ދަރުސްގެ ދަރުސްއެއް ކަމަށާއި މިދަރުސް އޮންނާނީ މިރޭ، (27 ޖޫން 2013 ދުވަހުގެ) އިޝާ ނަމާދަށްފަހުގައެވެ. ބަންޑާރަ މިސްކިތުގައި އޮންނަ ދަރުސް ދޭނީ އާންމު މައުޟޫއަކަށްކަމަށް ދަރުސް އިންތިޒާމް ކުރާ ފަރާތުން ހާމަކުރެއެވެ.
މިރޭގެ ދަރުސް ދެއްވާނީ މަދީނާގައި ތައުލީމް ހާސިލް ކުރަމުންދާ އަލް އަޚް އަލީ ނިޝާމް އެވެ.
މިދަރުސްއަށް ވީހާވެސް ގިނަ އަޚުންނާއި އުޚުތުން ވަޑައިގަތުމަށް ފޯރަމް އިންތިޒާމް ކުރާ ފަރާތުން އިލްތިމާސްކުރައްވައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...