ރާއްޖޭގެ ޚަބަރު ޑރ މަޖީދު ޢަދާލަތު ޕާޓީއިން ވަކިވެއްޖެ

ޑރ މަޖީދު ޢަދާލަތު ޕާޓީއިން ވަކިވެއްޖެ

ޑރ މަޖީދު ޢަދާލަތު ޕާޓީއިން ވަކިވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޑރ މަޖީދު ޢަދާލަތު ޕާޓީއިން ވަކިވެއްޖެއެވެ.

ޢަދާލަތު ޕާޓީއާއި ޚިޔާލު ތަފާތުވެގެން އެޕާޓީއާއި ދުރުގައި އުޅުއްވާތާ ދޮޅު އަހަރަށްފަހު ޑރ މަޖީދު ޢަދާލަތު ޕާޓީއާއި ވަކިވާން ސިޓީ ފޮނުވާފައިވަނީ މިއަދުއެވެ. 24 ޖޫން 2013 ވަނަ ދުވަހުގެ ތާރީހުގައި ފޮނުވާފައިވަނީ ""ތިޔަ ޕާޓީގެ މެންބަރުކަމުން ވަކިކޮށްދެއްވުމަށް އެދި ދަންނަވާ،" ކަމަށެވެ. އިތުރު ތަފްސީލެއް އެސިޓީގައި ޑރ މަޖީދު ވިދާޅުވެފައެއް ނުވެއެވެ. ޑރ މަޖީދު އަދާލަތު ޕާޓީއަށް ފޮނުވި ސިޓީވަނީ ސޯޝަލް މީޑީއާގައި އާންމުވެފައެވެ.

މިކަމާއި ގުޅޭގޮތުން ޑރ މަޖީދުގެ ބަހެއް ހޯދުމަށް ގުޅާލުމުން ފޯނު ނުނަންގަވާތީ އެބޭފުޅާގެ ބަހެއް ލބޭ ގޮތްވަނީ ނުވެފައެވެ.

ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވަނީ ޢަދާލަތު ޕާޓީ އިން ވަކިވެފައިވަނީ އެމްޑީޕީގެ ރިޔަސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ރަނިންގމޭޓްއަކަށް އެބޭފުޅާ ހަމަޖައްސަން އުޅޭކަމުގެ އަޑު ފެތުރިފައިވާ ދުވަސްވަރެއްގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.