ސުވާލު މުބާރާތް މިފަހަރުވެސް އިންޝާﷲ އޮންނާނެ ކަމަށް ރާއްޖެއިސްލާމް ވެބްސައިޓް އިން ހާމަކޮށްފިއެވެ.
ދިއިސްލާމް ވެބްސައިޓްގައި ހާމަކޮށްފައިވާ ގޮތުގައި "ފާއިތުވީ ރަމަޟާން މަސްތަކެކޭ އެއްފަދައިން މިފަހަރުވެސް ރާއްޖެއިސްލާމް ގެ ފަރާތުން ބާއްވާ ސުވާލު މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ 1 ވަނަ ދުވަހު" ކަމަށާއި "ކޮންމެ ދުވަހަކުވެސް އިޚްތިޔާރީ ޖަވާބު ދެވޭގޮތަށް ކުރިއަށްދާ މި މުބާރާތުގައި ކޮންމެ ދުވަހަކުވެސް ހުށައެޅޭނީ އެންމެ ސުވާލެއް"ކަމަށެވެ. ސުވާލު މުބާރާއި ބެހޭ ގޮތުން އިތުރަށް އެސައިޓްގައިވަނީ " މިމުބާރާތުގައި ބައިވެރިވެވޭނީ ޢުމުރުން 9 އަހަރުން މަތީގެ މީހުންނަށް"ކަމަށާއި "މުބާރާތުގައި ކޮންމެ ދުވަހަކުވެސް އެދުވަހެއްގެ ސުވާލަކަށް އެދުވަހަކު ޖަވާބު ދޭންވާނެ"ކަމަށެވެ. "ފާއިތުވާ ދުވަހުގެ ސުވާލަށް ޖެހިގެން އަންނަ ދުވަހު ޖަވާބެއް ނުދެވޭނެ"ކަމަށްވެސް އެސައިޓްގައިވެއެވެ.
ކުރީގެ ސުވާލު މުބާރާތްތަކާއި ހިލާފަށް މިފަހަރުގެ މުބާރާތުގައި ބައިވެރިވެވޭނީ ކޮންމެ ބޭފުޅަކުވެސް ރަޖިސްޓްރީ ވެގެންކަމަށް ރާއްޖެއިސްލާމް ވެބްސައިޓުން ހާމަކުރެއެވެ.
މުބާރާތުގައި ވަނަވަނަ އަށް އަންނަ ފަރާތްތަކަށް ވަރަށް އަގުހުރި އިނާމު ތަކެއް ދިނުމަށް ހަމަޖެހިފައިވާއިރު މުބާރާތް ސްޕޮންސާ ކޮށްފައިވަނީ ކްލިކް ކޮމްޕިއުޓާސް ގެ ފަރާތުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...