ރާއްޖޭގެ ޚަބަރު ޞަޙީޙު މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަޙަގެ 2 ވަނަ ބައި ނަޝީދު ނެރެދެއްވައިފި

ޞަޙީޙު މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަޙަގެ 2 ވަނަ ބައި ނަޝީދު ނެރެދެއްވައިފި

ޞަޙީޙު މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަޙަގެ 2 ވަނަ ބައި ނަޝީދު ނެރެދެއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރީގެ ސްޓޭޓް މިނިސްޓަރު ޝޭހު ހުސެއިން ރަޝީދު އަހުމަދު ތަރުޖަމާ ކުރައްވާފައިވާ ހަދީސް ފޮތް “ޞަޙީޙް މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަހަ ފޮތް 2 ވަނަ ބައި” މުހައްމަދު ނަޝީދު ނެރެދެއްވައިފިއެވެ.

ރޭ 8.45 ގައި މާލޭ ސިޓީ ކައުންސިލް ހޯލްގައި ބޭއްވި ހަފްލާއެއްގައި “ޞަޙީޙް މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަހަ ފޮތް 2 ވަނަ ބައި” ނެރެދެއްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ "ޝެއިހް ހުސެއިން ރަޝީދު ކުރައްވަނީ އަގުވަޒަން ނުކުރެވޭ ފަދަ ބޮޑު ހިދުމަތެއް" ކަމަށާއި "އެ ކުރައްވާ މަސައްކަތުގައި ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ"ކަމަށެވެ.

ރިސާލާ ބުކްޝޮޕް އިން ޕަބްލިޝް ކޮށްފައިވާ މިފޮތް ނެރުމުގެ ހަފްލާގައި ހާއްސަ އަގެއްގައި ވަނީ ވިއްކާފައެވެ. ޝަހީހު މުސްލިމް އަންމުކޮށް ވިއްކަނީ 250ރ. އަށެވެ.

 ޞަޙީޙު މުސްލިމްގެ ދިވެހި ތަރުޖަމާ ގެ އިތުރުން 2 ފޮތެއް ވަނީ ރޭ ގެ ހަފްލާގައި ނެރެފައެވެ. ޝެއިޚް ހުސެއިން ރަޝީދު ލިޔުއްވާފައިވާ "ނަމާދު ކުރާނީ ކިހިނެއް؟ 2" އަދި "ނަމާދު ކުރާނީ ކިހިނެއް؟ 3" ފޮތެވެ. މި2 ފޮތްވެސް ނެރެދެއްވީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އާއި ޑރ. އަބްދުލް މަޖީލް އަބްދުލް ބާރީ އެވެ.

ޞަޙީޙު މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަޙަގެ ފުރަތަމަ ބައިވެސް ނެރެދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.