ދިވެހި ކުޅުންތެރިންގެ ނުގަބޫލުގައި ބުރުގާ ބާލައިގެން ކުރިން މެޗު ކުޅުވާފައިވާނެކަން ހާމަވެއްޖެއެވެ.
ބުރުގާ ބާލައިގެން ކުޅެން ދެކޮޅު ހެދުމުން ދިވެހި ބާސްކެޓް ޓީމު ޑިސްކޮލިފައިކޮށްފިވާ މައްސަލާގައި ވީނިއުސްގައި ބާސްކެޓް އެސޯސިއޭޝަނުގެ އިސްވެރިއަކާއި ހަވާލާދީ ޝާއިއުކޮށްފައިވާ އިންޓަވިއުއަކުން ހާމަވެފައިވަނީ ދިވެހި ކުޅުންތެރިންގެ ނުގަބޫލުގައި ބުރުގާ ބާލައިގެން ކުރިން މެޗު ކުޅުވާފައިވާނެކަމަށެވެ.
ބެންކޮކްގައި ޓީމާއެކު ހުންނެވި ބާސްކެޓް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އާރިފް ރިޒާ އާއި ހަވާލާދީ ވީނިއުސްގައި ޝާއިއުކޮށްފައިވާ އިންޓަވިއުގައި ވަނީ "މީގެ ކުރިން ކުޅުންތެރިންގެ ނުގަބޫލުގައި ބުރުގާ ބާލައިގެން މެޗު ކުޅުވާފައިވީ ނަމަވެސް މި ފަހަރު އެކަން އެގޮތަށް ކުރަން އެސޯސިއޭޝަނުން ބޭނުންނުވާ”ކަމަށެވެ.
ތައިލެންޑްގައި ކުރިއަށްދާ 18 އަހަރުން ދަށުގެ ފީބާ އޭޝިއަން ތްރީ އޮން ތްރީ ބާސްކެޓް މުބާރާތުގައި ރާއްޖެއިން ބައިވެރިވި އަންހެން ޓީމު މުބާރާތުން ޑިސްކޮލިފައިކޮށްފައިވަނީ ބުރުގާ ބާލައިގެން ކުޅެން ދެކޮޅު ހެދުމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...