މަލީޝާ އަށް ފައިސާ ދެއްކިކަމުގެ ރަޝީދު އިސްލާމިކް މިނިސްޓްރީއަށް މާދަމާ ގެ ނިޔަލަށް ހުށައެޅުމަށް އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީ އިން ހާމަކުރާ ގޮތުގައި "މަލީޝާ ހައްޖު ޖަމާއަތް މެދުވެރިކޮށް ހައްޖަށް ދާން މިދިޔަ އަހަރު ފައިސާ ދެއްކި މީހުން ހައްޖަށް ފޮނުވައި ދިނުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ޖަމާއަތަށް ފައިސާ ދެއްކި ކަމުގެ ރަސީދާއި އައިޑީކާޑުގެ ކޮޕީ، މިމަހުގެ 23 ވަނަ ދުވަހުގެ 2:00 ޖެހުމުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަން" އަންގާފައިވާކަމަށެވެ.
މަލީޝާ މެދުވެރިކޮށް ހައްޖަށް ދިއުމަށް ފައިސާ ދެއްކި މީހުންނާއި އިސްލާމިކް މިނިސްޓްރީއިން ބައްދަލުކުރުމަށްފަހު މިގޮތަށް އަންގާފައިވާއިރު އިސްލާމިކް މިނިސްޓްރީއިން ވަނީ ފަރުލު ހައްޖެއް ކޮށްފައިވާ މީހުންނާއި، ހައްޖެއް ނުކުރާ މީހުންގެ އިތުރުން، އޭގެ ތެރެއިން އަމިއްލަ ޚަރަދުގައި ހައްޖެއް ކުރެވޭނީ ކޮން ބަޔަކަށްތޯ ސާފު ކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީއިން މިޑީއާގައި ވިދާޅުވެފައިވަނީ “މަލީޝާ ޖަމާއަތް މެދުވެރިކޮށް ހައްޖަށް ދިއުމަށް ފައިސާ ދެއްކި މީހުންގެ މައުލޫމާތު މީގެ ކުރިން މިނިސްޓްރީއަށް ލިބިފައިވަނީ، ފުލުހުންނާއި އެކިއެކި ފަރާތްތައް މެދުވެރިކޮށް ކަމަށާއި ނަމަވެސް އިސްލާމީ މަރުކަޒުގައި ބޭއްވި ބައްދަލުވުމުގައި ފައިސާ ދެއްކި މީހުންގެ ގާތުން މައުލޫމާތު އޮޅުން ފިލުވާފައިވާ”ކަމަށެވެ.
އިސްލާމިކް މިނިސްޓްރީއިން މަލީޝާ މެދުވެރިކޮށް ހައްޖަށް ދިއުމަށް ފައިސާ ދެއްކި މީހުންނަށް ބަދަލުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...