ހައްޖު ކޯޕަރޭޝަން ލިމިޓެޑް (އެމްއެޗްސީ) ގެ ބެލެނިވެރިކަން އޮންނާނީ އިސްލާމިކް މިނިސްޓްރީއަށް ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.
ވީޓީވީ އަށް ދީފައިވާ ބަސްދީގަތުމެއްގައި އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުހައްމަދު ދީދީ ވިދާޅުވެފައިވަނީ "އެމްއެޗްސީ އަކީ ޚަރަދު ކުޑަކޮށް ކުޑައަގެއްގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ މަގުތަނަވަސް ކުރަން އުފައްދާ ކޯޕަރޭޝަނެއް ކަމަށާއި އެކޯޕަރޭޝަންގެ މަސައްކަތްތައް ރާވާ ހިންގާނީ އެ ކޯޕަރޭޝަންގައި އޮންނަ އެކަމަށް ޚާއްސަ ޓީމަކުން"ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ހައްޖަށް ދާން ފައިސާ ޖަމާކުރާ ފަރާތްތަކަށް، އެ މަގު ތަނަވަސްކޮށްދޭން އުފައްދަން ނިންމާފައިވާ ހައްޖު ކޯޕަރޭޝަން ލިމިޓެޑް މެދުވެރިކޮށް ހައްޖަށް ދާން ބޭނުންވާ މީހުންނަށް ދުރާލައި އެ ކޯޕަރޭޝަނަށް ފައިސާ ދެއްކޭނެ ކަމަށާއި އަދި އެ ފައިސާ ބަލަހައްޓާނީ އިސްލާމިކް މިނިސްޓްރީން"ކަމަށެވެ.
"ކުރިއަށް އޮތްތަނުގައި ކުންފުނި ތަކާއިމެދު އަމަލު ކުރާނެގޮތެއް ނިމޭނީ އެމްއެޗްސީ އުފެދި ހިނގައިގަތުމުން" ކަމަށާއި "އެމްއެޗްސީ އުފެދުމުން ވެސް މިނިސްޓްރީއިން ކޯޓާ ދޫކޮށްފައިވާ، ކުންފުނިތަކުން މީހުން ހައްޖަށް ފޮނުވާނެ" ކަމަށް ވެސް އިސްލާމިކް މިނިސްޓްރީއިން ހާމަކުރެއެވެ.
އެމްއެޗްސިއަކީ ސަތޭކަ ޕަސެންޓް ސަރުކާރުގެ ހިއްސާ އެކުލެވޭ ގޮތަށް އުފައްދާ ކުންފުންޏެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...