ޖެސުއިޓޭ ކިޔާ ބައެއްގެ ތެރެއަށް އިސްލާމީ ވެރިއަކު ގޮސް ދީނަށް ހަޖޫ ޖެހުން ގަބޫލެއް ނުކުރާނެކަމަށް ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ޑެންމާކްގައި ދައްކާފައިވާ ވާހަކަތަކަށް އިޝާރާތް ކުރައްވާ ޑރ ޖަމީލް ވިދާޅުވީ "އެފަދަ ވެރިއަކު އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން. އަޅުގަނޑުމެން ގަބޫލެއް ނުކުރަން ޖެސުއިޓޭ ކިޔާ ބައެއްގެ ތެރެއަށް އަޅުގަނޑުމެންގެ މި އިސްލާމީ އުންމަތުގެ އިސްލާމީ ގައުމެއްގެ ވެރިއަކު ގޮސް ދީނަށާއި ދިވެހި ގައުމަށް ހަޖޫ ޖަހަން. އެއީ ރަނގަޅު ކަމެއް ކަމަށް އަދި އެފަދަ ކަމެއް އަޅުގަނޑުމެން ބަލައެއް ނުގަންނާނަން. އަދި އެކަން އަޅުގަނޑުމެން ކުށްވެރި ކުރާނެ"ކަމަށެވެ
ފޭދޫ ޕީޕީއެމްގެ ޖަގަހަ ކުރިމަތީގައި ރޭ ބޭއްވި ބައްދަލުވައި ވާހަކަ ދައްކަވަމުން ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ޖަމީލް ވިދާޅުވީ "ރާއްޖޭން ބޭރުގެ އެކިއެކި ޖަމާއަތްތަކުގެ ތާއީދު ހޯދުމަށްޓަކައި ރާއްޖެ އާއި އިސްލާމް ދީން ބަދުނާމްކޮށް އިރުއިރުކޮޅާ ތަފާތު ވާހަކަތައް ދައްކާ ސަރުކާރަކަށް ޕީޕީއެމްގެ ސަރުކާރު ނުވާނެ"ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...