ރާއްޖޭގެ ޚަބަރު ޕާޓީއެއްގެ އަދަދު އިތުރު ނުކުރެވޭ ޕާޓީއަކަށް ފޯމް ފުރާ ނަމަ އެއީ ޑަސްޕިނަށް އެއްލާލެވޭ ފޯމެއް: ޔާމީން

ޕާޓީއެއްގެ އަދަދު އިތުރު ނުކުރެވޭ ޕާޓީއަކަށް ފޯމް ފުރާ ނަމަ އެއީ ޑަސްޕިނަށް އެއްލާލެވޭ ފޯމެއް: ޔާމީން

ޕާޓީއެއްގެ އަދަދު އިތުރު ނުކުރެވޭ ޕާޓީއަކަށް ފޯމް ފުރާ ނަމަ އެއީ ޑަސްޕިނަށް އެއްލާލެވޭ ފޯމެއް: ޔާމީން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕާޓީއެއްގެ އަދަދު އިތުރު ނުކުރެވޭ ޕާޓީއަކަށް ފޯމް ފުރާ ނަމަ އެއީ ޑަސްޕިނަށް އެއްލާލެވޭ ފޯމެއްކަމަށް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވީ ”ޕާޓީއެއްގެ އަދަދު އިތުރު ނުކުރެވޭ ޕާޓީއަކަށް ފޯމް ފުރާ ކަމަށްވައްޏާ އެއީ ހަމަ ޑަސްޕިނަށް އެއްލާލެވޭ ފޯމެއް. ނުހޮވޭނެ މީހަކަށް ވޯޓެއް ލުމަކީ އެއީ ރައްޔިތުންގެ ހައްގުގައި ކަމުގައި ވިޔަސް އަދި ތަރައްގީގެ ހައްގުގައި ކަމުގައި ވިޔަސް އެއީ ހަމަ ޑަސްބިނަށް އެއްލައިލެވޭ ކަރުދާސް ކޮޅެއް."ކަމަށެވެ. އަދި ޔާމިން އިތުރަށް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ނުހޮވޭނެކަން އެނގޭ ބޭފުޅަކަށް ވޯޓެއް ލުމަކީ ޑަސްބިނަށް އެއްލައިލެވޭ ކަރުދާސްކޮޅެއް ކަމަށެވެ.

ޔާމީންގެ ވާހަކަގައި އިތުރަށް ވިދާޅުވީ "ސިޔާސީ ގޮތުން އެއް ވަނާގައި އޮތީ ރައީސް މައުމޫންގެ ބިނާ ކުރަނިވި ފިކުރު ކަމަށާއި އެހެން ކަމުން ޕީޕީއެމްއިން ކޯލިޝަން ނަހަދައިގެން ވާހަކަ ދައްކާ ފަރާތްތަކަކީ އެއީ ތިން ވަނަ ފިކުރެއް ކަމަށް ގަބޫލު ކުރާނަމަ އެއް ވަނަ ފިކުރާއި ދެވަނަ ފިކުރާއި އެއްކޮށް ތިން ވަނަ ފިކުރަށް ކޯލިޝަން ހެދުން އެއީ މުސްތަހިއްލު ކަމެއް" ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމް އިން ވާދަކުރާ ޔާމިން އަބްދުލް ޤައްޔޫމް ދަނީ އެބޭފުޅާގެ ކެމްޕޭންގައި މިހާރުގެ ސަރުކާރަށް ވަރަށް ގިނަ ބަހުގެ ހަމަލާތައް ދެމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.