"އުންމަތުގެ އާދޭސް"ގެ ނަމުގައި ޖަމްޢިއްޔަތުލް ބަޔާންއިން ކެމްޕެއިނެއް ފަށައިފިއެވެ.
ޖަމްޢިއްޔަތުލް ބަޔާންއިން ހާމަކުރާ ގޮތުގައި "އުންމަތުގެ އާދޭސް، މި ކެމްޕެއިން މެއި 10 ވަނަ ދުވަހުން ފެށިގެން ޖޫން 7 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާނެކަމަށާއި މި ކެމްޕެއިންގައި ތަފާތު އެތަކެއް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ"ކަމަށެވެ. "މެއި 10، މެއި 17 އަދި މެއި 24 ވަނަ ދުވަހު އުންމަތާއި ބެހޭގޮތުން ތައްޔާރު ކުރެވިފައި ލީފްލެޓް ތަކެއް ބެހުމަށް ނިންމާފައިވާ"ކަމަށްވެސް ޖަމްޢިއްޔަތުލް ބަޔާންއިން ހާމަކުރެއެވެ.
"އުންމަތުގެ އާދޭސް" ގެ ނަމުގައި ކުރިއަށްގެންދާ މިކެމްޕޭންގައި "މެއި 31 ވަނަ ދުވަހު މާލޭގެ އެކިސަރަޙައްދުތަކުގައި، އުންމަތުގެ ޙާލަތާއި ބެހޭގޮތުން ތައްޔާރު ކުރެވިފައިވާ ޙާއްޞަ ސީޑީއެއް ބަހާގޮތަށްވަނީ ހަމަޖެހިފަ. އަދި މި ކެންޕެއިންގެ ފަހު ހަރަކާތެއްގެ ގޮތުގައި ޖޫން 7 ވަނަ ދުވަހު ވަރަށް ޚާއްޞަ ޕަބްލިކް އިވެންޓްއެއް ބޭއްވުމަށްވަނީ ހަމަޖެހިފައި"ކަމަށް ޖަމްޢިއްޔަތުލް ބަޔާންއިން ހާމަކުރެއެވެ.
މިހާއްސަ ކެމްޕޭންގެ މަޤްސަދަކީ "އިސްލާމީ އުންމަތަށް ދިމާވަމުންދާ އެކިއެކި މުސީބާތްތަކާއި، އެކި އެކި ގައުމުތަކުގައި އަހަރެމެންގެ މުސްލިމް އަޚުންނާއި އުޚުތުން ތަޙައްމަލު ކުރަމުންދާ ވޭނާ ރުއިމުގެ އާދޭހުގެ އަޑު މި ގައުމުގެ މުސްލިމް އަޚުންނާއި އުޚުތުންނަށް ހަނދާންކޮށްދީ ސަމާލުކަމަށް ގެނައުން. އަދި އަހަރެމެން މުސްލިމުންނަކީ، ކިތަންމެ ދުރުގައިތިބި ކަމުގައިވިޔަސް އަޚުވަންތަ، އެއް ހަށިގަނޑެއްފަދަ ބައެއްކަން ހަނދާންކޮށްދިނުން" ކަމަށް ޖަމްޢިއްޔަތުލް ބަޔާން އިން ހާމަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...