ރާއްޖޭގެ ޚަބަރު އދ.ގެ ސުލްހަ ބަލަހައްޓާ ފައުޖުގައި ރާއްޖެއިން ބައިވެރިވަނީ

އދ.ގެ ސުލްހަ ބަލަހައްޓާ ފައުޖުގައި ރާއްޖެއިން ބައިވެރިވަނީ

އދ.ގެ ސުލްހަ ބަލަހައްޓާ ފައުޖުގައި ރާއްޖެއިން ބައިވެރިވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އދ.ގެ ސުލްހަ ބަލަހައްޓާ ފައުޖުގައި ރާއްޖެއިން ބައިވެރިވުމަށް ވަރަށް އަވަހަށް ސޮއި ކުރާނެކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދުވަހު ނޫސް 'ހަވީރު' އަށް ދީފައިވާ އިންޓަވިއުއެއްގައި ވަނީ އދ.ގެ ސުލްހަ ބަލަހައްޓާ ފައުޖުގައި ރާއްޖެއިން ބައިވެރިވުމަށް ވަރަށް އަވަހަށް ސޮއި ކުރާނެކަން ކަށަވަރު ކޮށްދީފައެވެ.

ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެފައިވަނީ "އދ.ގެ ސުލްހަ ބަލަހައްޓާ ފައުޖުގައި ދިވެހި ސިފައިން ބައިވެރިކުރުމަށް ރައްޔިތުންގެ މަޖިލީހާގައި އެޓާނީ ޖެނެރަލް އަދި ފޮރިން މިނިސްޓްރީން ލަފާ ދިނުމުން އދ. އާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް، އދ.އަށް ކަނޑައަޅާފައިވާ ސަފީރު އަހުމަދު ސަރީރަށް ހުއްދަ ދެއްވާފައިވާ"ކަމަށެވެ. އަދި މިނިސްޓަރ އިތުރަށް ވިދާޅުވީ "އަޅުގަނޑުމެން މަސައްކަތްކުރަނީ މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު ސިފައިން ފޮނުވަން،" ކަމަށާއި "ފުރަތަމަ ފޮނުވާނީ ހަލަބޮލި ތަންތަނަކަށް ނޫން. އެގޮތުން ފުރަތަމަ ފޮނުވާނީ އެކަކު ނޫނީ ދެ މީހުން. އޭގެ ފަހުން އިތުރުކުރަމުން ގެންދާނީ،"ކަމަށެވެ.

ސުލްހަ ބަލަހައްޓާ ލަޝްކަރުގައި ދިވެހި ސިފައިން ބައިވެރިކުރުމަށް މަސައްކަތްކުރާތާ ދިހަ ވަރަކަށް އަހަރުވެއްޖެ ކަމަށްވެސް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވިއެވެ.

ސުލްހަ ބަލަހައްޓާ ފައުޖުގައި ދިވެހި ސިފައިން ބައިވެރިކުރުމަށް ކެބިނެޓުން ނިންމާފައި ވަނީ އޭޕްރީލް 5، 2011 ގަ އެވެ. އަދި އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް އެދި އޭރުގެ ރައީސް މުހައްމަދު ނަޝީދު ސިޓީއެއް ފޮނުއްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ވަނީ 2011 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭ ރުހުން ދީފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.