ބަލިމީހަކަށް އެހީތެރިވުމުގެ ގޮތުން އަމިއްލަ ފަރާތަކުން އިސްނަގައިގެން ޖަމްބަލް ސޭލްއެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ޖަމްބަލް ސޭލް އިންތިޒާމް ކުރާ ފަރާތުން ދިއިސްލާމަށް މަޢުލޫމާތު ދިންގޮތުގައި މި ޖަމްބަލް ސޭލް އަކީ ކެންސަރު ބައްޔަށް ފަރުވާ ދެމުން އަންނަ ފަރާތަކަށް އެހީތެރިވުމުގެ ގޮތުން ބާއްވާ ޖަންބަލް ސޭލް އެއްކަމަށެވެ.
ޖަމްބަލް ސޭލް އިންތިޒާމް ކުރާ ފަރާތުން އިތުރަށް ހާމަކުރި ގޮތުގައި މި ޖަމްބަލް ސޭލް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގައި ކަމަށާއި މި ޖަމްބަލް ސޭލް އަށް ތަކެތި ހަދިއާ ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްކަތުން 7924146 ނަންބަރާ ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް އެދޭކަމަށެވެ.
މީގެ އިތުރުން މިހަރަކާތުގައި ވީހާވެސް ގިނަފަރާތް ތަކުން ބައިވެރިވެ އެހީތެރިވެ ދެއްވުމަށް އެދޭ ކަމަށް ވެސް މި ޖަމްބަލް ސޭލް އިންތިޒާމް ކުރައްވާ ފަރާތުން ހާމަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...