ރާއްޖޭގެ ޚަބަރު ރާއްޖޭގެ ވަރަށްގިނަ ބަޔަކު ޔަހޫދީ ޒަޔަނިސްޓް ޓީމަށް މަރުޙަބާ ކިޔާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ރާއްޖޭގެ ވަރަށްގިނަ ބަޔަކު ޔަހޫދީ ޒަޔަނިސްޓް ޓީމަށް މަރުޙަބާ ކިޔާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

ޔަހޫދީ ޒަޔަނިސްޓް 'އައި ފުރޮމް ޒަޔަން' ޓީމުން މާލެއައިސް ޚިދުމަތް ދޭންފެށުމުން ދިވެހިންގެ ތެރެއިން އެތައްބަޔަކު އެޑޮކުޓަރުން ރާއްޖޭގައި މަސައްކަތް ކުރުން ހުއްޓާލުމަށް ގޮވާލާ ނުރުހުން ފާޅުކުރަމުން ދަނިކޮށް، މި ޑޮކްޓަރުންގެ ޓީމުން ރާއްޖޭގައި ފޯރުވައިދެއްވަމުންގެންދަވާ އިންސާނީ ޚިދުމަތަށް ރާއްޖޭގެ ވަރަށްގިނަ ބަޔަކު މަރުޙަބާ ކިޔާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެންވިދާޅުވީ މިއަދު ރައިސްލްޖުމުހޫރިއްޔާގެ އޮފީހުގައި މިޑޮކުޓަރުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަ ފުޅުގައެވެ. އިޒުރޭލްގެ ޒަޔަނިސްޓް މިޑޮކުޓަރުން ރާއްޖޭގައި ދެމުންގެންދާ ޚިދުމަތް ހުއްޓާލުމަށް ޝުއުރު ފާޅުކުރަމުންދަނިކޮށް، ރައިސްލުޖުމުހޫރިއްޔާވަނީ މިޑޮކުޓަރުންނާއި ބައްދަލުކުރައްވާ ވަނީ މަރުޚަބާ ވިދާޅުވެ ރާއްޖޭގެ ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކާ ގުޅުން ބަދަހި ކުރައްވައި، އެފަރާތްތަކުގެ އެހީގައި ޞިއްޙީ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ބޭނުންވާ އެކި ދާއިރާތަކުން އެއްބާރުލުން ދެއްވަމުން ގެންދެވުމަށް އެދިވަޑައިގެންފައެވެ.

މީގެ ކުރިން ރާއްޖެއަށް ބޭރުގެ ޢިލުމުވެރިންނާއި، ދީނީ ގޮތުން ތަފާތު ފަންނުތަކުގެ ޓީމުތައްވަނީ ރާއްޖެ ވަޑައިގެން ޚިދުމަތް ކުރައްވާފައެވެ. ނަމަވެސް މިއިން ގިނަ ޓީމުތަކަށް ރައިސްލުޖުމުހޫރިއްޔާ ބައްދަލުކުރައްވައި މަރުޚަބާ ވިދާޅުވެފައެއް ނުވެއެވެ.

ޓެގް

ލާދީނީ ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.