ލޮލުގެ ބަލިތަކަށް ފަރުވާ ކޮށް ލޮލުގެ އޮޕަރޭޝަންތައް ކުރުމަށް އިއްޔެ ރާއްޖެއައި އިޒުރޭލްގެ ޑަކްޓަރުންގެ ޓީމަކީ ސުޕެޝަލައިޒްޑް ޑަކްޓަރުންނެއް ނޫންކަމަށް، ވަރަށް މުޢުތަބަރު ގޮތެއްގައި ދިއިސްލާމަށް މަޢުލޫމާތު ލިބިއްޖެއެވެ.
މިޑަކްޓަރުން ރާއްޖެގެނައުމުގެ މަސައްކަތުގައި އުޅުއްވާ، އަ.ޖީ.އެމް.އެޗްގައި މަސައްކަތް ކުރައްވާ، ޑަކްޓަރަކާއި ހަވާލާދީ ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިޑޮކުޓަރަންނަކީ، އެމް.ބީ.ބީއެސް ނިންމި ނަމަވެސް ލޮލުގެ ބަލި ތަކަށް ސުޕެޝަލައިޒްވެފައިވާ ޑޮކުޓަރުންނެއްނޫނެވެ. ރާއްޖޭގެ މެޑިކަލް ކައުންސިލުން މިޑަކްޓަރުގެ ޓީމަށް ހުއްދަ ދީފައިނުވަނީވެސް، މިސަބަބަށްޓަކައި ކަމަށް މުޢުތަބަރު ގޮތެއްގައިވަނީ މަޢުލޫމާތު ލިބިފައެވެ.
މިއަދުން ފެށިގެން ޑިސެމްބަރ 14 އާއި ހަމަޔަށް މިޑޮކުޓަރުން ރާއްޖޭގައި މަސައްކަތްކުރާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިޑަކްޓަރުންގެ ޓީމުގައި އިޒުރޭލްގެ ހަތް ޑޮކުޓަރުން ހިމެނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...