ރާއްޖޭގެ ޚަބަރު އުކުޅަހު ސްކޫލު ދަރިވަރުންތަކެއް "ޖިންނި މޮޔަވެގެން" ސްކޫލުގެ ކިޔެވުން މެދުކަނޑާލައިފި

އުކުޅަހު ސްކޫލު ދަރިވަރުންތަކެއް "ޖިންނި މޮޔަވެގެން" ސްކޫލުގެ ކިޔެވުން މެދުކަނޑާލައިފި

އުކުޅަހު ސްކޫލު ދަރިވަރުންތަކެއް "ޖިންނި މޮޔަވެގެން" ސްކޫލުގެ ކިޔެވުން މެދުކަނޑާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
އުކުޅަސް ސްކޫލް | ފޮޓޯ: ސަން

އުކުޅަސް ސްކޫލް | ފޮޓޯ: ސަން

އއ. އުކުޅަހު ސްކޫލުގެ އަންހެން ކުދިންތަކެއް ޖިންނި މޮޔަވެގެން އަނބުރައިގަތުމާ ގުޅިގެން ސްކޫލުގެ ކިޔެވުން މެދު ކަނޑާލައިފިއެވެ.

މިކަމާ ގުޅިގެން އުކުޅަހު ކައުންސިލް އިދާރާގެ ރައީސް ޝައުކަތު އިބުރާހީމް ވިދާޅުވެފައި ވަނީ ސްކޫލު ކިޔެވުން މެދުކަނޑައިލީ ފަހަކަށް އައިސް ކޮންމެ ދުވަހަކު ވެސް އެ ސްކޫލުގެ އަންހެން ދަރިވަރުންތަކެއް އަބުރައިގަނެ ހެޔަށް ގޮތްވާތީއެވެ.

ޝައުކަތު އިތުރަށް ވިދާޅުވާ ގޮތުގައި މި މައްސަލާގައި ކިޔާވާ މީހަކު ވެސް ގެނެސް އެކަންތައްތައް ބަލަމުންދާ ކަމަށާ ސްކޫލަށް ދިމާވެފައިވާ މި މައްސަލަ ހައްލުކޮށް މާދަމާ ސްކޫލުގައި ކިޔެވުންފެށޭތޯ ބަލަމުންދާ ކަމަށެވެ.

225 ކުދިން ތައުލީމު ހާސިލު ކުރަމުންދާ އުކުޅަހު ސްކޫލުގެ ދަރިވަރުން ތަކަކަށް މިފަދަ ގޮތަކަށް ދިމާވެފައި ވާއިރު، 2008 ވަނަ އަހަރު ހދ. މަކުނުދޫ ސްކޫލްގައި ވެސް ވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.