ރާއްޖޭގެ ޚަބަރު 5 ޕާޓީ ފިޔަވައި ދެންހުރި ޕާޓީތައް އުވާލައިފި

5 ޕާޓީ ފިޔަވައި ދެންހުރި ޕާޓީތައް އުވާލައިފި

5 ޕާޓީ ފިޔަވައި ދެންހުރި ޕާޓީތައް އުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު | ފޮޓޯ: ހަވީރު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު | ފޮޓޯ: ހަވީރު

ސިޔާސީ ޕާޓީގެ ގޮތުގައި އިލެކްޝަން ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާ ޕާޓީ ތަކުގެ ތެރެއިން 5 ޕާޓީ ފިޔަވައި ދެންހުރި ޕާޓީތައް އިލެކްޝަން ކޮމިޝަނުން އުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަނުން މި ޕާޓީތައް އުވާލާފައިވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް މިއަދު އަމަލުކުރަން ފެށުމާއެކު އެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން 10000 މެންބަރުން ހަމަނުވާ ޕާޓީތަކެވެ.

މިކަމާ ގުޅިގެން އިލެކްޝަން ކޮމިޝަން އިން ހާމަކުރާ ގޮތުގައި މިހާރު ޤާނޫނުގެ ދަށުން އުވާނުލާ 5 ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ، އަދާލަތު ޕާޓީ، ދިވެހި ރައްޔިތުންގެ ޕާޓީ އަދި ޖުމްހޫރީ ޕާޓީގެ އިތުރުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ކަމަށެވެ.

ސިޔާސީ ފާޓީތަކުގެ ޤާނޫނު ތަސްދީޤްކުރުމުގެ ކުރިން އިލެކްޝަން ކޮމިޝަންގައި 16 ޕާޓީއެއް ރަޖިސްޓްރީ ކޮށްފައި ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.