މިދިޔަ މަހުގެ 26 ވަނަ ދުވަހު ބ. ތުޅާދޫ އިން ހައްޔަރުކުރި އެންމެން ބަންދުން ދޫކޮށްލައިފި ކަމަށް ފުލުހުން ބުނެފިއެވެ.
އެދުވަހު ތުޅާދޫއިން ހައްޔަރުކުރި 11 މީހުންގެ ތެރެއިން 2 މީހުން ދޫކޮށްލައި ބާކީތިބި 9 މީހުންގެ ބަންދުގެ މުއްދަތު 5 ދުވަހަށް މިދިޔަ މަހުގެ 27 ވަނަ ދުވަހު ކޯޓުން ޖަހާދީފައި ވާއިރު މި މީހުންގެ ތަހްގީގު ނިންމުމަށް ފަހު ދޫކޮށްލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.
މީގެ ކުރިން މިކަމާ ގުޅިގެން ފުލުހުން ބުނެފައިވާ ގޮތުގައި މިމީހުން ހައްޔަރު ކުރީ އުމުރުން 15 އަހަރުގެ ކުޑަކުއްޖަކާ ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގި ކަމަށް ބުނެ ހުށަހެޅި މައްސަލައެއްގެ ތަހުގީގަށް ތުޅާދު އަށް ދިޔަ ފުލުހުންނަށް ހުރަސް އެޅުމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...