ރާއްޖޭގެ ޚަބަރު ދިވެހި ހައްޖުވެރިއަކަށް އަނިޔާވެއްޖެ

ދިވެހި ހައްޖުވެރިއަކަށް އަނިޔާވެއްޖެ

ދިވެހި ހައްޖުވެރިއަކަށް އަނިޔާވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

 

ހައްޖު 1433 | ފޮޓޯ: ދިއިސްލާމް

 

އިއްޔެ ހެނދުނު މައްކާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ހައްޖުވެރިއެއްގެ ފަޔަށް ކާރެއްގެ ފުރޮޅު އަރައި އަނިރާވެއްޖެއެވެ.

މީޑިއާގައި ޚަބަރު ފެތުރިފައިވާ ގޮތުން ރާއްޖޭގެ ހައްޖު މިޝަންގެ އިސްވެރިޔާ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ދީދީ ވިދާޅުވެފައި ވަނީ މިކަން ހިނގީ އެއަންހެން މީހާ މަގުމަތީގައި ހުއްޓައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކަހަލަ ވެހިކަލަކުން އޭނާގެ ގައިގާ ޖެހުމުގެ ސަބަބުން ކަމައްށާއި މިހާދިސާގައިއޭނާގެ ފައިތިލައިގެ ހަންގަނޑު އެއްކޮށް ނައްޓައިގެން ގޮސްފައިވާ ކަމަށެވެ.

އެކްސިޑެންޓްވުމާ އެކު ވަގުތުން އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށާއި އެމީހާ ބެއްލެވި ޑޮކްޓަރާ ހަވާލާ ދެއްވައި ދީދީ ވިދާޅުވެފައި ވަނީ ފައި ރަނގަޅުކުރުމަށް ޖެހޭނީ ފަލަމަސްގަނޑުން ހަންގަނޑެއް ނަގާފައި ސާޖަރީ އެއް ހަދަން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެކްސިޑެންޓްވެ އަނިޔާވެފައިވާ މީހާ މިއަދު މާލެ އައުމަށް ހަމަޖެހިފައިވާއިރު ރާއްޖެއިން ހައްޖައްދިޔާ މީހުން އެނބުރި އަންނަން ފަށައިފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.