ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމުން ލިބޭ ފައިދާތައް
* 20 މިނިޓް ފަހުން : ހިތުގެވިންދު، ލޭގެ ޕްރެޝަރު ދަށްކުރުވައެވެ
* 12 -8 ގަޑިއިރު ފަހުން : ލޭގައި ހުންނަ ކާބަން މޮނޮކްސައިޑްގެ މިންވަރު ހަމައަކަށް އެޅެއެވެ.
* 3 ދުވަހުގެ ތެރޭގައި: ނޭވާލާން ފަސޭހަވާން ފަށައެވެ.
* 2ހަފްތާ – 3 މަހާ ދޭތެރޭގައި : ހިތް ހުއްޓުމުގެ ފުރުޞަތު ދަށްވާން ފަށައެވެ. އަދި ލޭހިނގުން އަވަސްވެ، ފުއްޕާމޭގެ ބާރުގަދަވެ، ފުއްޕާމޭގެ މަސައްކަތް ރަގަޅުވާން ފަށައެވެ.
* 9-1 މަސް ފަހުން:ކެއްސުމާއި ނޭވާކުރުވުން ކުޑަވެ ރަގަޅުވާން ފަށައެވެ. ނޭވާލާ ނިޒާމުގެ ބައިތަކުގައި ހިމެނޭ ނަރުވާތަކުގެ މަސައްކަތް އަލުން ފަށައި، ފުއްޕާމެއިން ދަވަތައް ބޭރުކޮށް ފުއްޕާމޭސާފުކޮށްދީ،ފުއްޕާމޭގެ މަސައްކަތް ހަލުވިކޮށްދެއެވެ.
* 1 އަހަރު ފަހުން : ހިތުގެ ބަލި ޖެހުމުގެ ފުރުޞަތު %50 ދަށްކޮށްދެއެވެ.
* 5 އަހަރު ފަހުން : 15-5 އަހަރާ ދޭތެރޭ ސްޓްރޯކްޖެހުމުގެ ފުރުޞަތު ދުންފަތުގެ އިސްތިޢުމާލުނުކުރާ މީހެކޭ އެއްވަރަށް ދަށްވެއެވެ. އަދި ރަހިމުގެ ދޮރަށް ކެންސަރު ޖެހުމުގެ ފުރުޞަތު ވެސް ސިގިރޭޓް ނުބޯމީހެކޭ އެއްވަރަށް ދަށްވެއެވެ.
* 10 އަހަރު ފަހުން: ފުއްޕާމޭގެ ކެންސަރުގައި މަރުވުމުގެ ފުރުޞަތު %50 ދަށްވެއެވެ. އަނގަ، ކަރު، ކާތަކެތި ހިނގާހޮޅި، ލަގޮނޑި، މަސާނާ، ގުރުދާ، ޗިސްމޭ އަށް ކެންސަރު ޖެހުމުގެ ފުރުޞަތު ދަށްވެއެވެ.
* 15 އަހަރު ފަހުން : ހިތުގެ ބަލި ޖެހުމުގެ ފުރުޞަތު ދުންފަތުގެ އިސްތިޢުމާލުނުކުރާ މީހެކޭ އެއްވަރަށް ދަށްވެއެވެ.
* މީގެ އިތުރުން:-
Ø ވަސްދުވުން ރަގަޅުވުން
Ø ދަތްތައް ހުދުވުން
Ø ގައިން ނުބައިވަސް ދުވުން ހުއްޓުން
Ø ނިޔަފަތީގައި ހުންނަ ރީނދޫކުލަ ފިލައިދިއުން
Ø ކާތަކެތީގެ ރަހަ ރަގަޅުވުން
Ø ނޭވާލާއިރު ނުބައިވަސް ދުވުން ހުއްޓުން
Ø އެހެންކަންކަން ކުރާނެ ހަކަތައާއި ބާރު ހަށިގަނޑަށް ލިބުން
Ø ދަރިންނަށް ނަމޫނާ ބަޔަކަށްވުން
Ø ދުންފަތަށް ޚަރަދުވާ ފައިސާ ސަލާމަތްކުރެވުން
Ø އެހެން މީހުން ދުންފަތުގެ ނުރައްކަލުން ސަލާމަތް ކުރެވުން

ކޮމެންޓް (0)
ލޯޑް ކުރަމުން...