ރާއްޖޭގެ ޚަބަރު ޤިޞާޞްގެ ޙުކުމަށް އެހެންގޮތެއް އޮތްތޯ ބެލުމަކީ މާތް ﷲ ގެ ވަޙި ބަސްފުޅު ދޮގު ކުރުން: ޝައިޚް ސަމީރު

ޤިޞާޞްގެ ޙުކުމަށް އެހެންގޮތެއް އޮތްތޯ ބެލުމަކީ މާތް ﷲ ގެ ވަޙި ބަސްފުޅު ދޮގު ކުރުން: ޝައިޚް ސަމީރު

ޤިޞާޞްގެ ޙުކުމަށް އެހެންގޮތެއް އޮތްތޯ ބެލުމަކީ މާތް ﷲ ގެ ވަޙި ބަސްފުޅު ދޮގު ކުރުން: ޝައިޚް ސަމީރު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މަރުގެ ޙުކުމް ތަންފީޛު ނުކޮށް އޭގައި އެހެން ގޮތެއް އޮތްތޯ ބެލުމަކީ މާތް ﷲ ގެ ވަޙީބަސްފުޅު ދޮގު ކުރުން ކަމުގައި އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅު ވެއްޖެއެވެ.

ޝައިޚް ސަމީރު މިހެން ވިދާޅުވީ ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް އިޙްޔާ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމުކޮށްގެން އިސްލާމީ މަރުކަޒުގައި ޢަސުރު ނަމާދަށް ފަހު ބޭއްވެވި ދަރުސެއްގައެވެ.

ޤިޞާޞް ހިފުމުގައި ދިރުމެއް ނުވާކަމަށް ޤަބޫލު ކުރުމަކީ ވެސް މާތް ﷲ ގެ ވަޙި ބަސްފުޅަށް އިންކާރު ކުރުން ކަމުގައި ވެސް ޝައިޚްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
" މިޙުކުމް ކަނޑައަޅަންޖެހޭ އުސޫލްތަކުން ކަނޑަ ނާޅާހާ ހިނދަކު، އިތުރުގޮތަކަށް އަޅުގަނޑުމެން އޭގެ މަގު ލިބޭނޭކަމަށް ޤަބޫލު ކުރުމަކީ ﷲ ސުބްހާނަޙޫ ވަޠައާލާގެ ވަޙީބަސްފުޅު ދޮގުކުރުން. އަދި އެއީ ދިރުން ނޫންކަމަށް ދެކުމަކީ ﷲގެ ވަޙީއާއި އިންކާރުކުރުން. ﷲގެ ވަޙީ ނުވާނެ ދޮގެއް. މަރަށް މަރު ހިފުމަކީ ދިރުމެއްވާކަމެއް. އެނޫންގޮތެއް އިންސާނާގެ ފުރާނަ ޙިމާޔަތްވާން ނޯންނާނެ" ޝައިޚް ސަމީރު ވިދާޅުވިއެވެ.

ޤިޞާޞް ހިފުމުގައި ދިރުންވާ ކަމެއް ކަމުގައި ކީރިތި ޤްރްއާނުގައި އަންގަވާފައިވާ ކަމަށާއި މާތް ﷲ ގެ ވަޙީ ބަސްފުޅެއް ދުވަހަކުވެސް ދޮގެއް ނުވާނެ ކަމަށް ވިދާޅުވަމުން އެކަން ބަޔާން ކޮއްދެއްވިއެވެ.
ޤާޠިލު ދުނިޔޭގައި ބަހައްޓާ ނަމަ ، އޭނާ އަށް އެހެން މީހަކު މަރާ ލުމުގެ ފުރުޞަތު އޮންނާނެ ކަމާއި ނަމަވެސް ޤާޠިލް މަރާލީމާ ދެވަނަފަހަރަށް އެހެން މީހަކު މަރާލާކަށް އޭނާއަށް ނާދެވޭނެކަމަށް ، ޤިޞާޞް ހިފުމުގައި ދިރުމެއްވާ ކަމަކީ ކޮބައިކަން ބަޔާން ކޮށްދެއްވަމުން ޝައިޚް ވިދާޅުވިއެވެ.

ދިރިހުރުމުގެ ޙައްޤަކީ ކޮންމެ މީހަކަށް ލިބިގެންވާ ޙައްޤެއް ކަމަށާއި އެހެން މީހުން މަރާފާ އޭނާއަށް ވަކި ދުނިޔޭގައި ހުރުމުގެ ޙައްޤު ލިބިގެންނުވާނެ ކަމަށާއި މުސްލިމެއްގެ ފުރާނައަކީ ދުނިޔޭގައިވާހާ އެއްޗަކަށް ވުރެއް މާތް ﷲ ޙަޟުރަތުގައި ހުރުމަތްތެރިކަން ބޮޑު އެއްޗެއް ކަމަށްޝައިޚް ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.