ރާއްޖޭގެ ޚަބަރު ޤުރުއާނުގެ ތަޢުލީމާއި ތަރުބިއްޔަތުގެ އަލީގައި ޤައުމަށް އަމާންކަން ހޯދުމަށް ޝައިޚް އިލްޔާސް ގޮވާލައްވައިފި

ޤުރުއާނުގެ ތަޢުލީމާއި ތަރުބިއްޔަތުގެ އަލީގައި ޤައުމަށް އަމާންކަން ހޯދުމަށް ޝައިޚް އިލްޔާސް ގޮވާލައްވައިފި

ޤުރުއާނުގެ ތަޢުލީމާއި ތަރުބިއްޔަތުގެ އަލީގައި ޤައުމަށް އަމާންކަން ހޯދުމަށް ޝައިޚް އިލްޔާސް ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޤުރުއާނާބެހޭ މަރުކަޒުގެ 27 ވަނަ ޤުރުއާން މުބާރާތުގެ އިފްތިތާހުކުރުމުގެ ޖަލްސާގައި ޝައިޚް އިލްޔާސް ވާހަކަ ދައްކަވަނީ. ދިއިސްލާމް ފޮޓޯ: ޢިބްރާހިމް އަޝްވާޤު

ކީރިތި ޤުރުއާނުގެ ތަޢުލީމާއި ތަރުބިއްޔަތުގެ އަލިގައި ޤައުމަށް އަމާންކަން ހޯއްދުމަށް ފަލީލަތުއްޝައިޚް އިލްޔާސް ޙުސައިން ގޮވާލައްވައިފިއެވެ.

ޤުރުއާނާ ބެހޭ މަރުކަޒުގެ 27 ވަނަ ޤުރުއާން މުބާރާތް އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ޖަލްސާގެ ޝަރަފުވެރި މެހެމާނެއްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން ޝައިޚް އިލްޔާސް ވިދާޅުވީ ކީރިތި ޤުރުއާނަކީ ހިތްތަކަށް އަމާންކަން ގެނެސްދޭ ފޮތެއްކަމަށާއި އެމާންކަން އަންނާނީ ޤުރުއާން ކިޔެވުމާއި އެކު އެއަށް ޢަމަލުކޮށްގެން ކަމަށެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ ކީރިތި ޤުރުއާނަކީ އަޅުގަނޑުމެން ހިދާޔަތަކަށް އެދުމުން ﷲ އަޅުގަނޑުމެންނަށް ދެއްވި ފޮތެއްކަމަށް ވިދާޅުވެ ކީރިތި ޤުރުއާނުގެ އެންމެ ފުރަތަމަ ސޫރަތް ފާތީހާ ސޫރަތުން ދަލީލު ދެއްކެވިއެވެ.

ޝައިޚް އިލްޔާސް އިތުރަށް ވިދާޅުވީ ކީރިތި ޤުރުއާނަށް ޢަމަލު ނުކޮށްފިނަ އަޅުގަނޑުމެން ނިކަމެތިވެގެން ދާނެ ކަމަށާއި އެގޮތުން މިއަދު އިވޭ އަޑަކީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުން  ދަރިވަރުން މާއްދާ ތަކުން ފޭލުވާ ވަމުންދާ ވާހަކަކަމަށެވެ.

އިލްޔާސް އިތުރަށް ވިދާޅުވީ ކޮންމެ ދުވަހެއްގައިވެސް ކީރިތި ޤުރުއާނުން ކޮންމެވެސް ވަރެއް ހިތުދަސް ކުރަންޖެހޭނެކަމށާއި އޭގެ ސަބަބުން ހިތް އަލިވެ ދަސްކުރާ އެއްޗިހި ހިތައް ނަގައިގަންނަން ފަސޭހަ ވާނެ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.