އިސްލާމިކް މިނިސްޓްރީއިން ފަށާފައިވާ މިސްކިތު ހަފުތާއަށް ލިބުނު ތަރުޚީބުގެ ދަށުން އަމިއްލަ ފަރާތަކުން މަޖީދީ މަގު 70 ނަންބަރު ކުރިމަތީގައި ހުންނަ މަސްޖިދިލް ޔޫސުފުލް ބަރުބަރީ އަޅަން ހުއްދައަށް އެދިފައިވާ ކަމަށް އިސްލާމިކް މިނިސްތްރީއން ހާމަކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ މިނިސްޓްރީއިން ނިންމާފައިވަނީ އެފަރާތަށް ހުއްދަ ދިނުމަށް ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ ސްޕޯކްޕާސަން އައްޝައިޚް މުސާ އަންވަރު ޙަސަން ވިދާޅުވީ މިހާރު ދަނީ އެކަމަށް ތައްޔާރު ކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ޝައިޚް މޫސާ އަންވަރު ހަސަން ވިދާޅުވި އެއީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށެވެ. އިސްލާމިކް މިނިސްޓްރީއިން އަދި މިހާތަނަށް އެއީކޮންފަރާތެއްކަން ހާމަކޮށްފައި ނުވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...