ރާއްޖޭގެ ޚަބަރު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ރާބިޠާގެ އަމީން ޢާއްމާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ރާބިޠާގެ އަމީން ޢާއްމާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ރާބިޠާގެ އަމީން ޢާއްމާ ބައްދަލުކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާބިޠާގެ އަމީން ޢާއްމު ޑރ.ޢަބްދުﷲ އައްތުރުކީ (ކ) އަދި އިސްލާމިކް މިނިސްޓަރ އައްޝައިޚް ޝަހީމް (ވ)

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސަޢޫދީޢަރަބިއްޔާގެ ރާބިޠަތުލް ޢާލަމިލް އިސްލާމީގެ އަމީން ޢާއްމު ޑރ.ޢަބްދުﷲ ބިން ޢަބްދުލް މުޙްސިން އައްތުރުކީއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މައްކާގައި ހުންނަ ރާބިޠާގެ އޮފީހުގައެވެ.

ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ރާބިޠާ އަދި ރާބިޠާގެ ދަށުން ހިނގަމުން އަންނަ އިދާރަތަކާއި މިނިސްޓްރީ އާއި ދެމެދު އެހީތެރިކަން ފޯރުކޮށްދެއްވޭނެ ދާއިރާތަކާ މެދުގައެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އިސްލާމިކް މިނިސްޓްރީން ކުރިޔަށްގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި އިސްލާމީ ދަޢުވަތު ކުރިއެރުވުމަށް ސަޢޫދީޢަރަބިއްޔާއިން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަ ކުރައްވާ ޝުކުރު އަދާކުރެއްވިއެވެ. އަދި ރާބީޠާ އާއި ރާބިޠާއާއި ގުޅުން ހުރި އިދާރާތަކުގެ އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ. ޚާއްޞަކޮށް ރާބިޠާގެ އިސްލާމީ ފިޤްހު އެކަޑަމީއާއި ޤުރުއާން ހިތުދަސްކުރުމާބެހޭ ބައިނަލްއަޤްވާމީ އިދާރާގެ އެހީތެރިކަން ފާހަގަ ކުރެއްވިއެވެ.

ރާބިޠާގެ އަމީން ޢާއްމުގެ ވާހަކަފުޅުގައި އިސްލާމްދީނަށް ޚިދުމަތްކުރެއްވުމަށް އަބަދުވެސް ތައްޔާރަށް ތިބި ކަމާއި މިގޮތުން ރާއްޖެއަށްވެސް އެހީތެރިކަން ވެދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި މިސްކިތްތައް މަރާމާތުކުރުމަށް އެހީތެރިވެދެއްވާނެކަމާއި ރާއްޖޭގައި ހުންނަ ރާބިޠާގެ ގޮފީގެ ދައުރު މިހާރަށްވުރެ އިތުރަށް ފުޅާކުރައްވާނެކަމަށް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރ ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ވަނީ ފުރާވަޑައިގަންނަވާފައެވެ. ރާއްޖެ ވަޑައިގަންނަވާނީ ޤަޠަރުގައި މަޑުކުރެއްވުމަށްފަހު މިމަހުގެ 17 ވަނަ ދުވަހުއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.