13 އަހަރުގެ އަންހެންކުއްޖަކާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގިކަމުގެ ތުހުމަތުގައި ތިލަދުމަތީ އުތުރުބުރީ ދިއްދޫއިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 18 އަހަރުން ދަށުގެ ދެކުއްޖެގެ އިތުރުން 18 އަހަރުގެ ދެމީހުންނެވެ.
ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމު ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ 13 އަހަރުގެ މިއަންހެން ކުއްޖާޔާއެކު މިހަތަރު މީހުން ބަދުއަޚްލާޤީ ޢަމަލު ހިންގަމުންދާތާ ދުވަސް ގަނޑެއް ވެއްޖެކަމަށާއި ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިހަތަރު މީހުން ހައްޔަރު ކުރެވިފައިވަނީ މިއަދު މެންދުރު ވަގުތެއްގައި ކަމަށެވެ.
މިހާރު މިހަތަރު މީހުންގެ ތަހުޤީޤު ކުރިއަށްދާކަމަށް ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމު ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...