ރާއްޖޭގެ ޚަބަރު ރަސޫލެއްކަމަށް ދަޢުވާކުރާ މުރުތައްދު މަޤްބޫލް ޙުސައިން ފުލުހުންނަށް އޮޅުވާލުމަށްފަހު ފުރައިފި !

ރަސޫލެއްކަމަށް ދަޢުވާކުރާ މުރުތައްދު މަޤްބޫލް ޙުސައިން ފުލުހުންނަށް އޮޅުވާލުމަށްފަހު ފުރައިފި !

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަމިއްލައަށް ތިމަންނާއަކީ ރަސޫލެއްކަމަށް ދަޢުވާކުރާ މުރުތައްދު މަޤްބޫލް ޙުސެއިން ފުލުހުންނަށް އޮޅުވާލުމަށްފަހު ރާއްޖެއިން ފުރައިފި ކަމަށް ދިއިސްލާމަށް ކަށަވަރުވެއްޖެއެވެ.

ހަވީރު އޮންލައިނަށް މަޢުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެފައިވަނީ ފުލުހުން ބެލިބެލުމުން އޭނާ އަމިއްލަ އަށް ރަސޫލެއް ކަމަށް ބުނެ އެކަހަލަ ކަންތައްތަކެއް ހިންގާފައިނުވާ ކަމަށާއި މިހާރު އޭނާ ރާއްޖެއިން ފުރާފައިވާ ކަމަށެވެ.

ފުލުހުން އޭނާއާއި ސުވާލު ކުރުމުން އޭނާއަކީ ރަސޫލެއްކަމަށް ދަޢުވާނުކުރާކަމަށް ބުނެ، ފުލުހުންގެ ކައިރީ ބޮޑުބުހުތާނު ދޮގެއްހަދާފައި ލަންކާއަށް ފުރާފައިވާ އިރު، މިމައްސަލަ އާއި ގުޅިގެން ފުލުހުން މީޑިއާ އަށް މިހާތަނަށް އިތުރު ތަފްޞީލެއް ނުދެއެވެ. އޮންލައިން ނޫހެއް ކަމަށްވާ ރާއްޖެއިސްލާމް.ކޮމް ގައި ހާމަކޮށްފައިވާ ގޮތުން "މަޤްބޫލު ހުސައިނާއިއެކު މ.އޯޝަންރީޑްގައި އުޅޭ އެމް.އެން.ޑީ.އެފް ގައި މަސައްކަތްކުރާ އަމީރު އާދަމް ވެސް ދިޔަކަމަށްވެއެވެ. ނަމަވެސް އަމީރު ފުރިކަން ރާއްޖެއިސްލާމަކަށް ކަށަވަރެއްނޫނެވެ."

ސަން އޮންލައިން ގައިވާ ގޮތުން މިމުރުތައްދު އޭނާއާ އެކު ރާއްޖެ އައި ހަތަރު މީހުންނާއި އެކު ފުރާފައިވަނީ މިއަދު މެންދުރުފަހު 15:40 އެހާކަށްއިރު ސްރީލަންކަން އެއާލައިންސުންނެވެ.

މ.އޯޝަންރީޑް ޢާއިލާގެ ބާކީތިބި އެންމެންވަނީ މިރޭ ދަންވަރު ފްލައިޓުން ލަންކާއަށް ދިއުމަށް ޓިކެޓް ކޮންފޯމްކޮށްފައިވާ ކަމަށް ޚަބަރު ލިބެއެވެ.

މިފުރުޞަތުގައި ފާހަގަކޮށްލަން ޖެހޭ ކަމަކީ މިފަދަ ދިވެހިފަސްގަނޑުގައި އިސްލާމްދީނަށް ލޮޅުން އަރާކަހަލަ ޙާދިޘާ ތައް ހިނގަމުންދާއިރު ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން އެކަށީގެންވާ އަވަސް ފިޔަވަޅެއް އެޅިފައިނުވާ ކަމެވެ. މިގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭރުގެ މީހުން ޣައިރު ދީންތަކާއި، ބާޠިލް އަޤީދާތައް ފަތުރާކަމުގެ މަޢުލޫމާތު ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކަށް ލިބިހުރެމެ، މިފަދަ ކަންތަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު ނާޅާ، އެފަދަ މީހުން މިނިވަންކަމާއެކު ދޫވެގެން ފުރައިގެން ދާ އިރު، ރައްޔިތުންނަށް ޙަޤީޤަތް ސިއްރުކުރުމަށް ސަރުކާރުގެ މަތީ ވެރިން މަސައްކަތްކުރަމުންދާކަމީ ދިވެހިން އިންތިހާ އަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. އިސްލާމްދީން ޙިމާޔަތްކުރުމަށް މަސައްކަތްނުކުރާ ލާދީނީ ވެރިންނަށް ނޫނެކޭ ބުނުމަށާއި، އިސްލާމްދީން ޙިމާޔަތްކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށް ދިވެހި ރައްޔިތުންނަށް ދިއިސްލާމުން ގޮވާލަމެވެ.

ޓެގް

ލާދީނީ، މުރުތައްދު، ރަސޫލެއްކަމަށް ދަޢުވާކުރާ މުރުތައްދު،

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.