ލަހެއްފަހެއް ނެތި
އިބްރާހީމް عليه السلام އަށް ﷲ سبحانه وتعالى އެތައް އިމްތިޙާންތަކެއް ޖެއްސެވިއެވެ. އެއިގެ ތެރެއިން އެއް އިމްތިހާނަކީ އެކަލޭގެފާނު މުސްކުޅި އުމުރުފުޅުގައި ﷲ ސުބްހާނަހޫ ވަތަޢާލާ ދެއްވި ދަރިކަލުން އެކަލާނގެ އަމުރުފުޅަށް ޤުރުބާން ކުރެއްވުމަށް އެންގެވުމުން ކުރިމަތިވި އިމްތިހާނެވެ. އެދަރިކަލުންނަކީ އެކަލޭގެފާނު އެތައް ޒަމާނެއްވަންދެން ކުރެއްވި ދުޢާގެ ނަތީޖާއެވެ.
އެވާހަކަ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވަވާފައިވަނީ (فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ ) އިސްމާޢީލް عليه السلام ބޮޑުފުޅުވެ، އިބްރާހީމް عليه السلام އާއި އެއްކޮށް މަސަތްކަތްކުރެއްވޭ އުމުރަށް ވަޑައިގަތުމުން (قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ އިބްރާހީމް عليه السلام ވިދާޅުވިއޭ ތިމަންކަލޭގެފާނަށް ހުވަފެންފުޅުގައި ފެނިއްޖެއޭ أَنِّي أَذْبَحُكَ ކަލޭގެފާނު ކަތިލައްވާތަން فَانظُرْ مَاذَا تَرَىٰ ކަލޭގެފާނު މިކަމައި ދޭތެރޭ ދެކިލައްވަނީ ކިހިނެތް ތޯއެވެ؟ އީމާންކަމުން ފުރިގެންވާ އިސްމާޢީލް عليه السلام ވިދާޅުވަނީ ކީކޭތޯ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ވިދާޅުވަނީ: އޭ ބައްޕާފުޅާއެވެ. ކަލޭގެފާނަށް އަމުރުވެވިގެންވާ ގޮތަކަށް ކަންތައްކުރައްވާށޭ سَتَجِدُنِي إِن شَاءَ اللَّـهُ مِنَ الصَّابِرِينَ ކަލޭގެފާނަށް ފެނިވަޑައިގަންނަވާނޭ ތިމަންކަލޭގެފާނަކީ ކެތްތެރިއަކު ކަމުގައިވާތަނެވެ.
އެއަށްފަހުގައި ކަންތައްވެގެން ދިޔައީ ކިހިނެތްތޯއެވެ. فَلَمَّا أَسْلَمَا وَتَلَّهُ لِلْجَبِينِ އެ ދެބޭކަލުން ﷲ سبحانه وتعالى އަށް ކިޔަމަންތެރިވެ އެކަލާނގެ އެންގެވި އަމުރުފުޅަށް ބޯލަނބާ އިސްމާޢީލް عليه السلام ކަތިލެއްވުމަށްޓަކާ އެކަލޭގެފާނު މޫނުވަތަށް އޮށޯވެވަޑައިގެން، އިބްރާހީމް عليه السلام އެކަލޭގެފާނުގެ ދަރިކަލުން ކަތިލެއްވުމަށްޓަކާ ވަޅި ހިނގަވައިލެއްވިހިނދު ކަންތައްވެގެން ދިޔައީ ކިހިނެތްތޯއެވެ.
ﷲ سبحانه وتعالى ނިދާ އިއްވަވަނީ އޭ އިބްރާހީމްއެވެ قَدْ صَدَّقْتَ الرُّؤْيَا ކަލޭގެފާނަށް އަމުރުވެވިގެންވާ ކަންތައް ކަލޭގެފާނު އަދާކޮށްފިއެވެ. ކަލޭގެފާނު ހުވަފެންފުޅު ތެދުކޮށްފިއެވެ. إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ އެފަދައިންނޭ ތިމަންއިލާހު މުޙްސިނުންނަށް ޖަޒާދެއްވަނީ، إِنَّ هَـٰذَا لَهُوَ الْبَلَاءُ الْمُبِينُ ހަމަކަށަވަރުން މިއީ ބޮޑުވެގެންވާ އިމްތިޙާނެކެވެ.
އާދެ މި ބޮޑުވެގެންވާ އިމްތިޙާނަކަށް ނުވާންވީ ކިހިނަކުންތޯއެވެ.
ދަރިކަލަކު ލިބިވަޑައިގަތުން އެއީ އިބްރާހީމް عليه السلام އެތައް ދުވަސްތަކެއް ވަންދެން ކުރަމުންއައި އުއްމީދެކެވެ. އެކަލޭގެފާނު ޒުވާންދުވަސްވަރުން ފެއްޓިގެން މުސްކުޅިވެ ގައިބާރު ދެރަވެ ދަރިޔަކުލިބުމަށް އުއްމީދުކުރާ އުމުރު ފަހަނައަޅައިގޮސް އެތައް ދުވަސްތަކަކަށްފަހު އެތައް ދުޢާތަކަކަށްފަހު އެވަގުތު އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާ ހަމައެކަނި ދަރިކަލުން، އެ ދަރިކަލުން ބޮޑުވެ ފުރާފުރިހަމަވެ އެކަލޭގެފާނައި އެއްކޮށް އެހީތެރިވެވޭ އުމުރަށް ވަޑައިގަތުމުން އެކަލޭގެފާނަށް މި އެންގެވެނީ އެ ދަރިކަލުން ކަތިލެއްވުމަށް!
ކިހިނެތެތްތޯ ދިރިދިރި ހުއްޓާ ބައްޕައެއްގެ ހިތަށް ކެތްވާނީ އަމިއްލަ ދަރި އަމިއްލަ އަތުން ކަތިލުމަށް؟ އެހެންނަމަވެސް ﷲ سبحانه وتعالى ގެ އަމުރަށް ކިޔަމަންތެރިވެވަޑައިގެން އިބްރާހީމް عليه السلام ލަހެއް ފަހެއްނެތި އެކަން ކުރެއްވުމަށްޓަކައި ފަށްޓަވާފަވަނީ އެއީ އެބޭކަލުންގެ ތަޥްޙީދުގެ ހުރި ފުރިހަމަކަމުންނެވެ.
އާދެ ވަޅި ހިނގައިލެއްވިހިނދު ކިހިނެތްތޯ މިވެގެންދިޔައީ وَفَدَيْنَاهُ بِذِبْحٍ عَظِيمٍ ﷲ سبحانه وتعالى އިސްމާޢީލް عليه السلام ބަދަލުގައި ކަންބަޅިބަކަށްޓެއް ޤުރުބާންކުރުމަށް ވަހީކުރައްވާ އެކަލޭގެފާނު ސަލާމަތް ކުރެއްވެވިއެވެ.
އާދެ މިއީ އިބްރާހީމް عليه السلام ދައްކަވާފައިވާ ނަމޫނާއެވެ. އަދި މިއީ އިސްމާޢީލް عليه السلام ދައްކަވާފައިވާ ކެތްތެރިކަމެވެ. އަޅުގަނޑުމެންއެބޭކަލުންގެ މި ފިލާވަޅުތަކުން ނަމޫނާ ލިބިގަންނަން އެބަޖެހެއެވެ. ﷲ سبحانه وتعالى ގެ ހަޟުރަތުން އަމުރެއް އައީމާ އެބޭކަލުންސުވާލެއްނުކުރުއްވަވާ ކޮބާތޯއޭ ތިކަމުގެ ފަހަތުގައިވާ ޙިކުމަތަކީ؟ ތިކަން ހަމަކުރަންވީތޯއެވެ؟ ﷲ سبحانه وتعالى ގެ ޙަޟުރަތުން އަމުރެއް އައުމުން ލަހެއްފަހެއްނެތިއެބޭކަލުން ކިޔަމަންތެރިކަން އަދާކުރެއްވެވިއެވެ.
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!
ކޮމެންޓް (0)
ލޯޑް ކުރަމުން...