ޒުވާންކަން ދިއުމުގެ ކުރިން

ނަސޭހަތް

އަޅުގަނޑުމެންގެ ޒުވާންކަން ނިމިގޮސް، އަޅުގަނޑުމެންގެ ގައިބާރު ދެރަވެގެން ދިޔާމައި ދެނެއް އަޅުގަނޑުމެން ހިތަށް އަރާހައި އަޅުކަމެއް ނުކުރެވޭނެއެވެ. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން މުސްކުޅިވެ، އިންސާނުން މުސްކުޅިވެ، ހުޅުހުޅުން އަޑުގޮވާން ފެށީމައެއް އަޅުގަނޑުމެންނަކަށް ނަމާދުތަކެއް އެންމެ އެކަށީގެންވާގޮތުގައެއް ނުކުރެވޭނެއެވެ. ވަރުބަލިވާން ފެށީމައެއް އަޅުގަނޑުމެންނަކަށް ސުންނަތް ރޯދަތަކެއް ނުހިފޭނެއެވެ.

އެހެންވީމާ އެދުވަސް އައުމުގެ ކުރިޔަށް، މާތް ނަބިއްޔާ صلى الله عليه وسلم ގެ އިރުޝާދުގައި ވާފަދައިން ޒުވާންކަމުގެ ފައިދާ މުސްކުޅިވުމުގެ ކުރިން އަޅުގަނޑުމެން ލިބިގަންނަން އެބަޖެހެއެވެ.

ޒުވާނުންނަކީ މާތްވެގެންވާ އިސްލާމީ އުންމަތަށް ވަރަށް މުހިންމު ބައެކެވެ. ރަސޫލާ صلى الله عليه وسلم އެތައް އިރުޝާދުތަކެއް ވަކިން ޚާއްޞަގޮތެއްގައި ޒުވާނުންނަށް ކުރައްވާފައިވަނީ، އެ ޒުވާނުންނަކީ ޖީލެއް ބިނާކުރުމަށްޓަކައި، މާދަމާގެ މުސްތަޤުބަލު ކުރެހުމަށްޓަކައި، ވަރަށް މުހިންމު ބަޔަކަށް އެބައިމީހުން ވާތީއެވެ.

އެހެންވީމައި ތިޔަ ލޮބުވެތި އެންމެހައި ޒުވާނުން، މުސްލިމު އަޚުންނާއި އުޚްތުން ވަރަށް ބޮޑަށް ވިސްނާ ފިކުރުކޮށް، މިއަދުން ފެށިގެން ތިމާގެ އަޒުމަކަށް ހަދަންވީ، ތިމާގެ ޒުވާންކަން ﷲ އިރާދަކުރެއްވިއްޔާ އެކަލާންގެ އެންގެވިގޮތަށް ހޭދަކުރާ މީހަކަށް ވެވޭތޯއެވެ. މާތް ﷲ سبحانه وتعالى އެއްވެސް ތަރުޖަމާނަކު ނެތި ތިމާއަށް ބަސް ވަޙީކުރައްވާ ވަޤުތުގައި އެކަލާންގެ ޙަޟުރަތުގައި ޖަވާބުދާރީ ވާނީ ތިމަންނާ ޒުވާން ދުވަސްވަރު ހޭދަކޮށްފައިވާ ހެޔޮ ޢަމަލުތަކުންކަމަށް މިއަދު އަޅުގަނޑުމެން އަޒުމު ކަނޑައަޅަންވެއްޖެއެވެ.

އެހެން ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.