ކަނޑުހުޅުދޫ އެންލައިޓެނިންގ ޔޫތު އެސޯސިއޭޝަން (ކީ-އެސޯސިއޭޝަން) އިފްތިތާޙް ކުރުމުގެ ޖަލްސާ މިހަފްތާގެ ހުކުރުދުވަހުގެރޭ ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 17 ފެބްރުއަރީ 2017 ވާ ހުކުރުދުވަހުގެ ރޭ 20:30 ގައި މާފަންނު މަދުރަސާގައެވެ.
ޖަލްސާގެ ޝަރަފުވެރި މެޙްމާނެއްގެ ގޮތުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ފެކަލްޓީ އޮފް އިސްލާމިކް ސްޓްޑިޒްގެ ޑީން އައްޝައިޙް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ.
ކީ އެސޯސިއޭޝަންއަކީ ހުވަދު އަތޮޅު އުތުރުބުރީ ގައި އަދި ޙާއްސަކޮށް ގއ.ކަނޑުހުޅަދޫގައި ދީނީ، އަދި އީޖްތިމާއީ ހޭލުންތެރިކަން އިތުރުކުރުމަށް ޒުވާނުންތަކެއް އިސްނަގައިގެން އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ.
ކީ އެސޯސިއޭޝަން އިފްތިތާހް ކުރުމަށް ބޭއްވޭ ޙާއްސަ ޖަލްސާގައި ވީހާވެސް ގިނަބަޔަކު ބައިވެރިވެދެއްވުމަކީ އެ ޖަމުޢިއްޔާގެ ވަރަށް ބޮޑު އެދުމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...