ޑޮކްޓަރުގެ އަތްތިލަ ވަރުގެ ކުއްޖަކު އާދަޔާ ޚިލާފު ގޮތަކަށް ސަލާމަތް ވެއްޖެ

އަހުމަދު ޝާހިދު

ޑޮކްޓަރުގެ އަތްތިލަ ވަރުގެ ކުއްޖަކު އާދަޔާ ޚިލާފު ގޮތަކަށް ސަލާމަތް ވެއްޖެއެވެ.
މިފަހަރު އިންޑިޔާގެ އަހުމަދު އާބާދުގެ ޑޮކްޓަރުންގެ މަސައްކަތުން ﷲ ގެ އިރާދަ ފުޅާއި އެކު ސަލާމަތް ކޮށްފައި މިވަނީ ޢުމުރުން އެންމެ ފަސް މަސް ނުފުރެނީސް ބައިގެންދިޔަ ކުއްޖެކެވެ.
މި ތުއްތު ކުއްޖާ އަށް ވަގުތުންވަގުތަށް ދެވުނު އެކަށީގެންވާ ފަރުވާ އާއި އެކު ﷲ ގެ ރަޙުމަތުން މި ކުއްޖާ މިހާރު އަންނަނީ ފުރިހަމަ ސިއްޙަތެއްގައި ފުރާ ފުރިހަމަ ވަމުންނެވެ.
ﷲ ގެ ކުޅަދުންވަންތަ ކަން ބަޔަކަށް ޤަބޫލު ނުކުރެވުނަސް އެކަލާނގެ އަންނަނީ މިފަދަ ކިތަންމެ އަޖާއިބު ކުރުވަނިވި ކަންކަން ދައްކަވަމުންނެވެ.
އެހެން ނަމަވެސް ވިސްނައިފ ބަޔަކަށް މެނުވީ އެއިން ޢިބުރަތެއް ޙާޞިލު ނުކުރެވޭނެ ކަން ކީރިތި ﷲ ވަނީ ހަތް އުޑުގެ މަތިން މީގެ އެތައް ޒަމާނެއްގެ ކުރިން ވަޙީ ކުރައްވާ އަންގަވާފައެވެ.
މާތް ﷲ މި ތުއްތުކުއްޖާ އަށް ހެޔޮ ރަޙުމަތް ލައްވައި ހެޔޮ ވިސްނުން ދެއްވާށިއެވެ.

މި ލިޔުމުގައިވާ ކުއްޖާގެ ވީޑިޔޯ ބެއްލެވުމަށް މި ލިންކު ޚިޔާރު ކުރައްވާ!

އެހެން ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.